ޚަބަރު

ް ސަލާމަތީ ޚިދުމަތާ ޤާނޫނު ތަންފީޒްކުރާ ފަރާތްތަކަށް ލުއިތަކެއް


ގެދޮރުވެރި
ކުރުމަށް ހިންގާ ޕްރޮގްރާމުގެތެރެއިން ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކަށާއި ޤާނޫނު
ތަންފީޒްކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމެއްގެ ތެރެއިން ހައުސިންގ ޔުނިޓް
ދޫކުރެވިދާނެ ގޮތްތަކެއް ހޯއްދަވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު
މުއިއްޒު ވިދާޅުވެއްޖެއެވެ.



މިނިސްޓަރ
މިހެން ވިދާޅުވީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ޤާނޫނު ތަންފީޒްކުރުމުގެ
ޚިދުމަތުގައި ދެމިތިބޭ ފުލުހުންނަށް ހިންގަމުންދާ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމު
ކުރިޔަށް ގެންދާނެ ގޮތްތަކާބެހޭގޮތުންކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާއިއެކު
ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.



މި
ބައްދަލުކުރެއްވުމުގައި ހައުސިންގ މިނިސްޓަރ ވިދާޅުވީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢިމާރާތް ކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ
ތެރެއިން ހުޅުމާލެ ފިޔަވައި އެހެނިހެން ބޮޑެތި ރަށްރަށުންވެސް އެރަށްރަށުގައި
ފުލުހުންގެ ޚިދުމަތް ދެމުންދާ ފަރާތްތަކަށް ހައުސިންގ ޔުނިޓްތައް ދޫކުރެވޭނެ
އުޞޫލެއް ހަމަޖެހިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި އެހެނިހެން
ރައްޔިތުންނަށް ފްލެޓް ދޫކުރާއިރު އޭގެތެރެއިން ވަކި އިންސައްތައެއް ފުލުހުންނާ
ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކަށް އަދި ޤާނޫނު ތަންފީޒްކުރާ ފަރާތްތަކަށް ދެވޭނެ
އުޞޫލެއް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމަށެވެ.



މި
ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ މިހާރު ފުލުހުންނަށް
ހުޅުމާލެއިން 300 ހައުސިންގ ޔުނިޓް ޢިމާރާތްކުރަން ދެއްވާފައިވާ ބިމުގައި
ޢިމާރާތްކުރުމަށް މަސައްކަތްކުރަމުންދާއިރު އެތަނުން ހައުސިންގ ޔުނިޓް ލިބުނު
ފުލުހުން ފާއިތުވި 2 އަހަރު ކޮންމެ މަހަކު އެތަނުގެ ޑައުން ޕޭމަންޓަށް ފައިސާ
ދައްކަމުން ގެންދާ ކަމަށާއި އެފައިސާ ދައްކަމުންގެންދަނީ ފުލުހުންނަށް ލިބޭ
މުސާރައިން މިހާރުވެސް ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދަމުން ކަމަށެވެ.
މިކަމުގެ ސަބަބުން ބައެއް ފުލުހުން ވަރަށް ދަތިޙާލުގައި އުޅެންޖެހިފައިވާކަން
ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަ ކުރެއްވިއެވެ.