ކުޅިވަރު

މަޝްހޫރު ފުޓްބޯޅަ ތަރި އަލީ އަޝްފާގު އެފްއޭއެމްގެ ރައީސް ބައްސާމާ ބައްދަލުކޮށްފި


ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ގައުމީ ޓީމަށް ނެގުމަށް ގޮވާލައި އެތައްބަޔަކު ޝުއުރު ފާޅުކުރަމުންދަނިކޮށް އަޝްފާގު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ބައްދަލުކޮށްފިއެވެ.

ޤައުމީ ޓީމުގެ މިފަހަރުގެ ސްކޮޑުގައި އަލީ އަޝްފާގު (ދަނގަޑޭ) ނުހިމަނައި ވޯލްޑް ކަޕް ކޮލިފައިންއަށް ގައުމީ ސްކޮޑް އެކުލަވާލުމުން، އެކަމުގެ ފާޑުކިޔުން އެފްއޭއެމް އަށާއި، ބައްސާމަށްވެސް އަމާޒުވެފާވާ ދަނޑިވަޅެއްގައި ބައްސާމާ އަޝްފާޤު ބައްދަލުކުރިކަން ހާމަކުރީ އޭނާގެ ފޭސްބުކް ޕޯސްޓަކުންނެވެ. އަޝްފާގުގެ ފޭސްބުކްގައި ހާމަކޮއްފަވާ ގޮތުގައި އެފްއޭމްގެ ރައީސާކު ބޭއްވީ ކާމިޔާބު ބައްދަލުވުމެކެވެ. އެބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާގުޅޭގޮތުން އުންމީދުތަކެއް އާވެފައިވާކަމަށް އަޝްފާގު ބުނެފައިވެއެވެ.

އަޝްފާގު ބައްސާމާ ބައްދަލުކުރިއިރު ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްވަނީ ޤައުމީ ޓީމުގައި އަޗްފާގު ހިމެނެން ޖެހޭކަމަށް ވިދާޅުވެފައެވެ. ޤައުމީ ޓީމުގެ މިހާރު ކޯޗު ޕީޓަރ ސެގަޓް ޓީމާ ޙަވާލުހިސާބުން އަޝްފާގަށްވަނީ ޓީމުން ފުރަސަތު ގެއްލިފައެވެ.

މިފަހަރު އަޝްފާގު ޓީމަށް ނުނެގީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށް ކޯވު ބުނެއެވެ.
ދަނގަޑޭ ގައުމީ ޓީމުން ބާކީވީ މިދިޔައަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗެއްގައި ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ހާޒިރު ނުވުމުންނެވެ.