ވިޔަފާރި

މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް އަންގާރަދުވަހު ފަށަނީ


މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އަންނަ އަނގާރަދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

މި އަހަރުގެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިލަޔަށް ދަރުބާރުގޭގައެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އަކީ، ދިވެހިރާއްޖޭގައި އެކައުންޓެންސީ ޕްރޮފެޝަން ތަރައްގީކޮށް ކުރިއެރުވުމުގެ މަގުޞަދުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިސްނަގައިގެން 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަހާސިންތާއެކެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި، ވިޔަފާރިވެރިންނާއި، ސަރުކާރުގެ އިދާރާތަކާއި، އެކައުންޓެންޓުންނާއި އޮޑިޓަރުންގެ އިތުރުން، ކީ ސްޓޭކްހޯލްޑަރުން ބައިވެރިވެރިވާނެއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުންނާއި، ނަންމަޝްހޫރު ތަޖުރިބާކާރުންގެ ހުށަހެޅުންތަކާއި، ޕެނަލް ޑިސްކަޝަންތައް ހިމެނެއެވެ.

މިއީ އެކައުންޓަންޓުންނާއި، އޮޑިޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ހުޅުވިގެންދާ ފުރުޞަތެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް އޮފީހުން ދެކެއެވެ. އަދި މި ދާއިރާއިން ކިޔަވާ ކުދިންނަށްވެސް ބޭނުންތެރި މަހާސިންތާއެއްކަމަށާއި މި މަހާސިންތާގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކުރެއެވެ.

މި މަހާސިންތާގައި ބައިވެރިވެވަޑައިންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްްޓްރީ ކުރެވޭނެ ކަމަށް އެ އޮފީހުން ހާމަކުރެއެވެ.