ވިޔަފާރި

ނޭހާ ދޫޕިއާގެ އުފަންދުވަސް ފާހަގަކުރުމަށް އާއިލާއާއެކު ރާއްޖެއަށް


ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ނޭހާ ދޫޕިއާގެ އުފަންދުވަސް ފާހަގަކުރުމަށް އާއިލާއާއެކު ރާއްޖެ އަތުވެއްޖެއެވެ.

'ސިންގ އިޒް ކިންގ' އަދި 'ކިޔާ ކޫލް ހެ ހަމް' ފަދަ ފިލްމްތަކުން އާއްމުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ނޭހާ ދޫޕިއާ ރާއްޖެއަށް އައިސްފައިވަނީ އޭނާ ފިރިމީހާ އަންގަތުއާ އެކުއެވެ. އަދި ކުޑަ ދަރިފުޅު މެހެރުވެސް ގޮވައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޭހާގެ އާއިލާއިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ސެންޓާރާ ގްރޭންޑް މޯލްޑިވްސް ރިސޯޓުގައެވެ. ނޭހާ ދަނީ އޭނާ ރާއްޖޭގައި ހޭދަކުރުމުންދާ ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ކައިވެންޏަށްފަހު ނޭހާ ދުޕީއާ އަދި ފިރިމީހާ އަންގަތު ހަނީމޫންވެސް ހޭދަކޮށްފައިވަނީ ރާއްޖޭގައިކަން ފާހަގަކޮށްލެވެެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެއާ މެދު އޮންނަ މަޤްބޫލްކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން ދާދިފަހުން ޝާހް ރުކް ޙާންވެސް ވަނީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.