ޚަބަރު

"ކާކު" ކިހިނެއް އަންނަނީ އޮލިމްޕަހަށް؟


ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު ގެ "ކާކު" އޮލިންޕަހުގެ ބޮޑު ސްކްރީން އަންނަން ތައްޔާރު ވެއްޖެއެވެ.

މި ހަފްތާ ތެރޭގައި މިފިލްމުގެ ޓިކެޓް ވިންކަން ފަށާނެ ކަމަށް މުޙައްމަދު އަބޫ ބަކުރު ބުންޏެވެ. ފިލްމު އޮލިމްޕަހަށް ގެނައުމާ ގުޅެ ގޮތުން ސުއާލު ކުރުމުން އޭނާ ބުނީ މިހާރު ފިލްމު މުޅީން ނިމިފައިވާ ކަމަށެވެ.

އަންނަމަހުގެ 24 ވަނަދުވަހު، ސިނަމާއަށް "ކާކު" ވަންނާނީ ކޮން ފެންވަރެއްގައި ތޯ ބެލުމަށް ބެލުންތެރިން ވަނީ ޝައުޤުވެރި ވެފައެވެ.

މި ފިލްމާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން މުޙައްމަދު އަބޫބަކުރު (މާއެނބޫ( ބުނީ މިފިލްމު ބަލަން ބުކިން ހެދުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ފިލްމު އޮލިމްޕަހުގައި ރިލީސް ކުރާ ހިސާބުން ފެށިގެން ރަށްރަށުގައި މި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކަށް ވެސް އެފުރުޞަތު އޮންނާނެ ކަމަށް އެނާ ބުނެއެވެ.

ޙަޤީޤީ ވާހަކައެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް މަޙުދީ އަޙްމަދު ސްކްރީން ޕްލޭ ތައްޔާރު ކޮށްގެން ގެނެސްދޭ މިފިލްމުން ފެނިގެންދަނީ ރަޙުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެކެވެ.
މި ފިލްމުގެ ކާސްޓުންނަށް ބަލާލާއިރު މަޝްހޫރު ޙާމިދު އަލީ އާއި ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަސޮބާ) އާއި ޝާފިޢު މުޙައްމަދާއި، އިރްފާނާ އިބްރާހީމް (އިރޫ) ގެ އިތުރުން މި ދާއިރާއަށް އަލަށް ނުކުންނަ ޢާއިޝާތު ޔާސިރާވެސް ފެނިގެން ދެއެވެ.

މި ފިލްމުގެ ޓްރެއިލާސްތައް ބެލުންތެރިންނަށް ދައްކާލާފައިވާއިރު، ޓްރެއިލާ ތަކުންވެސް މިއީ ބިރުވެރި ކަމުން ފުރިގެންވާ ފިލްމެއްކަން ފާހަގަ ވެގެން ދެއެވެ.

އެހެން ކަމުން މިފިލްމު ރިލީޒް ކުރުމުން "ކާކުތޯ؟" އުފެދޭ ސުއާލަށް ޖަވާބެއް ލިބިގެން ދާނެއެވެ.