ޚަބަރު

ސިފައިންގެ ދުވަސް ފާހަގަކުރުމަށް ޢާއިލީ ހަވީރެއް ބާއްވައިފި


ސިފައިންގެ ސަތޭކަ ތޭވީސް ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި އާއިލީ ހަވީރު ރައީސުލް ޖުމުހޫރިއްޔާގެ އަނަބިކަނބަލުން ފާތިމަތު އިބްރާހީމް ހުޅުއްވައި ދެއްވައިފިއެވެ.ކަޅުތުއްކަލާކޮށީގައި ބޭއްވި އާއިލީ ހަވީރުގައި ރައީސުލް ޖުމުޙޫރިއްޔާ އަބުދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި އާއިލީ ހަވީރުގައި ސިފައިންގެ އާއިލާތަކުން ބައިވެރިވެފައިވެއެވެ.އުތީމު ގަނޑުވަރާއި ، ސިފައިންގެ އެކި ޑިޕާޓްމަންޓް ތަކުން ކުރަމުންދާ މަސައްކަތާއި އެކި ދުވަސްވަރު ބޭނުންކުރި ޔުނިފޯމްގެ އިތުރުން ކުޑަކުދިންނަށް ބައިވެރިވެވޭނެ އެކި ކުޅިވަރުތައް ސްޓޯލްތަކުގައި ހަދާފައިވެއެވެ.