ކުޅިވަރު

ޗެމްބަލައިން، ލިވަޕޫލްގެ ކޮންޓްރެކްޓް އާކޮށްފި


އިނގިރޭސި މިޑްފީލްޑަރު އޮކްސްލޭޑް ޗެމްބަލައިން ލިވަޕޫލްގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އެގްރީމެންޓް އާކުރިއިރު މިދިޔަ އޭޕްރީލް މަހުން ފެށިގެން އޭނާ މިހާތަނަށް ކުޅުނީ މި ސީޒަނުގެ ދެ މެޗެއްގައެވެ. އެއީ 2018ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކަކުލަށް ލިބުނު އަނިޔާއަކަށް ފަރުވާ ކުރުމަށްފަހުއެވެ.

ޗެމްބަލައިން ސޮއިކުރި އާ އެގްރީމަންޓާއެކު 2023ވަނަ އަހަރުގެ ނިޔަލަށް އޭނާ ލިވަޕޫލްގައި ދެމިހުންނާނެއެވެ. ކުރިން އޮތް ގޮތުން އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2022ވަނަ އަހަރުއެވެ. އާސެނަލްއިން މީގެ ދޮޅުއަހަރު ކުރިން ލިވަޕޫލަށް ގެނައި ކުޅުންތެރިޔާއަކީ އިނގިރޭސި ޤައުމީ ޓީމުންވެސް ކުރިން ޖާގަ ހޯދި ކުޅުންތެރިއެކެވެ. ނަމަވެސް އަލުން ޓީމުން ފުރުސަތު ހޯދުމަށް އޭނާއަށްވަނީ މިހާރު ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ.