ޚަބަރު

ފުލުހުން އެންމެ ފަހުގެ ސްޕީޑް ގަން ބޭނުންކުރަން ފަށައިފި


ވެހިކަލް ދުއްވާ ބާރުމިން ދެނެގަތުމަށް ފުލުހުން އެންމެ ޒަމާނީ ސްޕީޑް ގަން ބޭނުންކުރަން ފަށައިފިއެވެ.

ފުލުލުން މިހާރު ބޭނުންކުރަމުން އަންނަ އާލާތްތައް އަޕްގްރޭޑުކޮށް ވެހިކަލް ދުއްވާ ސްޕީޑު ދެނެގަތުމަށް އެންމެ ފަހުގެ ސްޕީޑް ގަން ބޭނުންކުރަން ފުލުހުން ފަށާފައިވަނީ މިއަދުއެވެ. ފުލުހުން ވިދާޅުވީ މިހާރު މާލެއާއި ހުޅުމާލެއާއި ދެމެދު ޓްރެފިކް މޮނީޓަރ ކުރަމުންދަނީ މި ގަން ބޭނުންކޮށްގެންކަމަށެވެ. ސްޕީޑު ގަންގެ މައިގަނޑު ބޭނުމަކީ ވެހިކަލް ދުއްވާ ސްޕީޑު ދެނެގަނެ ޤަވާއިދާ ޚިލާފަށް ބާރަށް ދުއްވާ ފަރާތްތައް ހޯދުމަށް ފޮޓޯއާއި ވީޑިއޯ ވަގުތުން ނެގުމެވެ.

އެގޮތުން 320 ކިލޯމީޓަރު ބާރުމިނާ ހަމައަށް ދުއްވާ އުޅަނދުތަކުގެ ފޮޓޯ އާއި ވީޑިއޯ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރިކޯޑުކޮށް ރައްކާކުރެވޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. ޓްރެފިކް މޮނީޓަރ ކުރުމަށް ފުލުހުން ކުރިއަށްގެންދާ އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަންނަނީ މި ގަން ބޭނުންކުރަމުންނެވެ. އެންމެ ފުރަތަމަ ސްޕީޑުގަން ރާއްޖޭގައި ޓްރެފިކް މޮނީޓަރކުރުމަށް ބޭނުންކުރަން ފަށާފައިވަނީ 2004 ވަނަ އަހަރުގައެވެ.