މުނިފޫހިފިލުވުން

ނަހޫގެ ފިލްމެއްގެ އިންތިޒާރުގައި ތިބި ފަރާތް ތަކަށް "ސޮރީ"


ދިވެހި ފިލްމް އިންޑަސްޓްރީ ގައި ފާޠިމަތު ނަހުލާ، އެންމެން ދަންނަ ނަމުންނަމަ (ނަހޫ) އަކީ ފިލްމީ ދާއިރާގައި އަރާހުރި ތަރި އެކެ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ނަހޫ އަކީ މިހާރުގެ ލިޔުންތެރިންނާ، ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުން ގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ ފަރާތެކެވެ.
އޭނާގެ ފިލްމު ތަކަކީ ބެލުންތެރިން ބަލާހިތުން ބާލާ އެހާއިމެ ހިޓް ފިލްމު ތަކެކެވެ.

އެހެންނަމަވެސް މިއަހަރު ނަހޫގެ ފިލްމެއްގެ އިންތިޒާރު ގައި ތިބި ފަރާތްތަކަށް ބުނެލަން އޮތްހާ އެއްޗަކީ ވެސް "ސޮރީ"އެވެ.އެކަމަކު ދެން އެންމެ އަވަހަށް އަންނާނީވެސް "ސޮރީ" އެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ނަހޫ ބުނީ ނަހޫގެ ފިލްމެއް މިއަހަރު ބެލުންތެރިންނާ ހިސާބަށް ނާންނާނެކަމަށެވެ. ސާބަބަކީ ބައިސްކޯފުން ނަހޫ ގެނެސްދޭ ވެބް ސީރީޒް "ހުވާ"ގެ މަސައްކަތުގައި އުޅޭތީ ކަމަށް ވެސް ނަހޫ ބުންޏެވެ. ނަމަވެސް މިއަހަރު ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ނަހޫ ބުންޏެވެ.

އެހެންކަމުން "ނަހޫ" މިހާރު ތައްޔާރު ވަމުންދަނީ "ސޮރީ" ނަމަކަށް ކިޔާ ފިލްމެއް ހެދުމަށެވެ. އައިލީ އަސަރުގަދަ ލޯބީގެ ތަފާތު ވާހަކަޔަކަށް ހަދާ މިފިލްމަކީ ނަހޫ ސްޓައިލް ގެ ފިލްމެކެވެ .

މި ފިލްމުގެ ލީޑް އެކްޓަރެއްގެ ގޮތުގައި ފެނިގެންދާނީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އެވެ. މި ފިލްމުގެ ލީޑް އަންހެން އެކްޓްރެސް ފައިނަލް އަދި ނުކުރެވޭކަމަށް ވެސް ނަހޫ ބުންޏެވެ. މި ފިލްމު ރިލީސް ކުރާނެ ވަކީ ތާރިޚެއް އަދި ކަޑަ އެޅިފައި ނުވިނަމަވެސް ދެން އަންނަ އަހަރު ބެލުންތެރިންނާ ހިސާބަށް މި ފިލްމު އަންނާނެ ކަމަށްވެސް ނަހޫ ބުނެއެވެ.

އޮލިމްޕަހުގެ ބޮޑު ސްކްރީނަށް އެންމެ ފަހުން އައި ނަހޫގެ ފިލްމް "4426" "ބޮސް" ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލް ކަމެއް ހޯދާ ފައެވެ.

އެހެން ކަމުން "ސޮރީ" އާ މެދު ކުރެވޭ އިންތިޒާރަށް ނިމުން އައުން އޮތީ އަތް ފޯރާ ހިސާބެއްގައޭ ވެސް ބުނެވިދާނެއެވެ.