މުނިފޫހިފިލުވުން

ނަހުލާގެ ގެ އިތުރު ވެބް ސީރީޒް އެއް


ރާއްޖޭގެ މަޝްހޫރު ޕްރޮޑިއުސަރ ފާޠިމަތު ނަހުލާގެ އިތުރު ވެބް ސީރީޒް އެއް ހަދަން ތައްޔާރު ވެއްޖެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނަހުލާ ބުނީ އޭނާ ބައިސްކޯފުން މިހާރު ގެނެސް ދެމުން ގެންދާ ވެބް ސީރީޒް "ހުވާ" ނިމުންމުން އިތުރު ވެބް ސީރީޒް އެއް ހެދުމުގެ މަސައްކަތް ފަށާނެކަމަށެވެ.

"ހުވާ"އަށް ލިބުނު ތަރުޙީބަށް ބަލައި ދެން ހަދާ ވެބް ސީރީޒް "ހުވާ"އަށް ވުރެ ރަނގަޅުވާނެ ކަމަށްވެސް ނަހުލާ ބުންޏެވެ.
"ހުވާ" އަކީ ރައްޖޭގައި ހެދި ފުރަތަމަ ވެބް ސިރީޒް އެވެ.

ތަފާތު ގޮތަކަށް ގެނެސްދޭ މި ވެބް ސީރީޒް ގައި ބޮޑު ކާސްޓަކާއެކު މޮޅެތި އެކްޓިން ތަކެއް ފެނިގެން ދާނެއެވެ.

"ހުވާ" މި ވެބް ސީރީޒް ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑަށް ވައިގަ ހިފާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން "ހުވާ " ޢާއްމުކޮށް ބާލަމުންދާ ކަން ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމް ތަކުގައި ބެލުންތެރިން ކުރާ ކޮމެންޓާއި ހުވާގައި ބޭނުން ކުރާ ޑައިލޮގް ތައް ބޭނުން ކުރުމުންވެސް އެގިގެންދެއެވެ.

ނަހުލާގެ އާ ވެބް ސިރީޒް ނުކުންނަ ދުވަހަކަށް ބެލުންތެރިން އިންތިޒާރު ކުރާނެއެވެ.