ވިޔަފާރި

އެމްްއޭސީއެލް އަށް ތެޔޮ ފޯރުކޮށްދިނުން އެސްޓިއޯއާއި ހަވާލުކޮށްފި


އެމްއޭސީއެލްއަށް އޭވިއޭޝަން ފިއުލް އާއި މެރިން ގޭސް އޮއިލް ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމެއްގައި އެމްއޭސީއެލްއިން އެސްޓީއޯއާއެކު ސޮއިކޮށްފިއެވެ.މި އެއްބަސްވުމަކީ 93 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ. މިއަދު ހުޅުލޭ އައިލެންޑް ހޮޓެލްގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއެވެ.މިއެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްއޭސީއެލްއަށް ކުރިއަށް އޮތް އެއް އަހަރުދުވަހަށް އޭވިއޭޝަން ފިއުލް އާއި މެރިން ގޭސް އޮއިލް ސަޕްލައިކޮށްދޭނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އެސްޓީއޯއަކީ ތެޔޮ ސަޕްލައިކޮށްދިނުމުގައި މިހާތަނަށް އެއްވެސް މައްސަލައެއް ދިމާވެފައިނުވާ މިކަމުގެ އިތުބާރު ހިފޭ ކުންފުންޏެއްކަމަށެވެ.އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ތެލުގެ ވިޔަފާރި ކުރަމުންދާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ މުހަމަދު ފަރުޝަތު ވިދާޅުވީ ރާއްޖެއިން ބޭރުގެ ކުންފުންޏަކަށް މި ފުރުސަތު ނުދީ އެސްޓީއޯއިން ޖެޓް ފިއުލް ގަތުމަށް އެމްއޭސީއެލްއިން ނިންމި ނިންމުމަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެމްއޭސީއެލްއިން ވެދެއްވި ބޮޑު އެހީއެއްކަމަށެވެ.