ވިޔަފާރި

މާޕުން އައްޑޫގައި އެޗްއާރު ސެޝަނެއް ބާއްވަނީ


ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒްކޮށްގެން މާޕުން ޙާއްސަ ސެޝަނެއް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، މާޕުން ' ދަ ގްރޭޓް އެޗްއާރު ބެސްޓް ޕްރެކްޓިސް ޝެއަރ'ގެ ނަމުގައި ބާއްވާ މި ސެޝަން ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހު އައްޑޫ ސިޓީގެ އިކުއޭޓަރ ވިލެޖް ރިސޯޓުގައެވެ.

މާޕުން ސިލްސިލާކޮށް ބާއްވާ 'ދަ ގްރޭޓް އެޗްއާރު ބެސްޓް ޕްރެކްޓިސް ޝެއަރ'ގެ ސެޝަނެއް އައްޑޫ ސިޓީގައި ބާއްވާ މިިއީ ފުރަތަމަ ފަހަރެވެ.

މި ސެޝަންގައި ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށް ތަފާތު އެކި މައުޟޫއުތަކަށް ހިޔާލު ބަދަލުކޮށް މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މާޕުން ބުނެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، މާޕްއަކީ ހިއުމަން ރިސޯސް ދާއިރާއިން ވިޔަފާރިވެރިން ބިނާކުރުމަށް ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޖަމިއްޔާއެވެ. އެޖަމިއްޔާއިން ދަނީ އެޗް.އާރު ދާއިރާއިން ޒުވާނުން ހޭލުންތެރިކުރުވުމަށްޓަކައި ސިލްސިލާކޮށް އެކި ވޯރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަމުންނެވެ