ސިއްހަތު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖީގެ ޙިދުމަތްތައް މެދުކެނޑިފައިއޮތުމަށްފަހު އަލުންފަށައިފި


ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖީގެ ޙިދުމަތްތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވިދާޅުވީ ކާޑިއޮލޮޖީ ނުވަތަ ހިތުގެ ބަލިތަކުގެ ޚާއްސަ ޚިދުމަތްތައް މެދުކެނޑުމަށްފަހު އިއްޔެ އިން ފެށިގެން އެ ޚިދުމަތް އަލުން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. މި ޑިޕާޓްމަންޓްގެ ޚިދުމަތް ފޯރުކޮށްދެއްވާނީ ހިތުގެ ބަލިއްތަކަށް ޚާއްސަ ކޮންސަލްޓަންޓުން، ޑރ.ޢަބްދުލް އަޒީޒް އަދި ޑރ.ދިނޭޝް މުރުގަދާސްއެވެ.

ކާޑިއޮލޮޖީ ޑިޕާޓްމަންޓްގެ ދަށުން ހިތާއި ލޭނާރުތަކުގެ ބަލިތަކަށް ފަރުވާ ދެވިގެންދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން، މޭގައި ރިއްސުމާއި، ހިތުގެ ވިންދު އަވަސްވެ މޭތެޅުމާއި، ހިތުގެ ވިންދުޖެހުމަށް ބަދަލު އައުމާއި، ހިތުގެ މަސްފަށަލައިގެ ބަލިތަކާއި، ހިތުގެ ލޭނާރުތައް ބެދުމާއި، ހިތުގެ ލޭހޮޅިތަކުގެ ބަލިތަކަށް ފަރުވާ ދެވިގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން އުފެދުމުގައި ހުންނަ ހިތުގެ ތަފާތު މައްސަލަތަކާއި، މީގެ އިތުރުންވެސް ދިމާވާ ހިތުގެ މައްސަލަތަކަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ޓްރީ ޓޮޕުން ވިދާޅުވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑިޕާޓްމަންޓްއަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް ހެނދުނު 08:00 އާއި ހަވީރު 06:00 ދެމެދު އެޕޮއިންޓްމަންޓް ދޫކުރުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.