ދީން

"އެނެމެ އަލިގަދަ ތަރި" ޤްރުއާން މުބާރާތައް ބައިވެރިން ހޮވައިފި


ރަމަޟާންމަހަށް ޚާއްސަކޮށްގެން ޓީވީ މޯލްޑިވްސުން އުފައްދާ
ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭއެންމެ އަލިގަދަ ތަރި ޤުރުއާން
މުބާރާތުގައި މިއަހަރު ވާދަކުރާ ބައިވެރިން ހޮވާ ނިމިއްޖެއެވެ. މިއަހަރުގެ
މުބާރާތުގައި ޖުމުލަ ބާރަ ބައިވެރިން ވާދަ ކުރާނެއެވެ.



ޓީވީ މޯލްޑިވްސް
އިން ކުރިއަށް ގެންދާ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތަކީ މުޅި ރާއްޖޭގައި
އޮޑިޝަން ބާއްވައިގެން ބައިވެރިން ހޮވާ ވާދަވެރި މުބާރާތެކެވެ. މި މުބާރާތުގައި މިއަހަރު
ބާރަ ބައިވެރިން ވާދަކުރެއެވެ. ބައިވެރިން ހޮވާފައިވަނީ އަތޮޅުތަކުން ބޭއްވި
އޮޑިޝަނުން ހޮވާލެވުނު ހަތަރު ބައިވެރިންނާއި މާލޭގައި ބޭއްވުނު އޮޑިޝަނުން
ހޮވާލެވުނު އަށް ބައިވެރިންނެވެ.



އެއްލައްކަ
ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ މި މުބާރާތް ބާއްވާ މިއީ ތިންވަނަ އަހަރުއެވެ.
މި މުބާރާތުގައި ބައިވެރިން ހޮވުމުގައި އަދި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވާ
އަލްޤާރީ ހަސަން ތައުފީޤް ވިދާޅުވީ މި އަހަރުގެ މުބާރާތުގައި ވާދަކުރާ
ބައިވެރިންގެ ފެންވަރު ކުރީ އަހަރުތަކާއި ބަލާއިރު ވަރަށް ބޮޑުތަން
ރަނގަޅުވާނެކަމަށެވެ.



މާލޭގައި ބޭއްވި
އޮޑިޝަނުން ހޮވުނު ބައެއް ބައިވެރިން ބުނީ މުބާރާތުގައި ބައިވެރިވި ދުވަހުން
ފަށައިގެން ހޮވޭނެކަމަށް އުއްމީދު ކުރި ކަމަށާއި، މަސައްކަތް ކުރާނީ މުބާރާތުން
އެއްވަނަ ހޯދުމަށް ކަމަށެވެ.



އެންމެ އަލި ގަދަ
ތަރީގެ ޕްރޮޑިއުސަރ މުޖުތަބާ އަބުދުލް ކަރީމް ވިދާޅުވީ މި މުބާރާތުގެ ކިޔެވުން
ރަމަޝާން މަހުގެ ކޮންމެ އަންގާރަ އަދި ހުކުރުދުވަހުގެ ރޭ ދައްކާނެކަމަށެވެ.



ރާއްޖޭގައި
ކުރިއަށް ގެންދާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މި ޤުރުއާން
މުބާރާތަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާއިރު ހެޔޮއެދޭ
ފަރާތްތަކަށްވެސް މުބާރާތަށް އިނާމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.