ބާސެލޯނާގެ ފޯވަޑް އޮސްމާނޭ ޑެމްބްލޭ އަށް އަނިޔާވެ ފަސް ހަފުތާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.
އޭނާ އަށް އަނިޔާވިރު ޓީމުގެ އެންމެ މުހިންމު ދެ ފޯވަޑުން ކަމަށްވާ ކެޕްޓަން ލަޔޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ވެސް ތިބީ އަނިޔާގައެވެ. ނަމަވެސް މެސީ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
މިހެންވުމުން ބާސެލޯނާގެ ފޯވަޑް ލައިނުގައި މިވަގުތު ފިޓްކޮށްހުރި ހަމައެކަނި ކުޅުންތެރިއަކީ އެތްލެޓިކޯ މެޑްރިޑުން މި ސީޒަނަށް ގެނައި ފޯވަޑް އެންޓޮއިން ގްރިއެޒްމަންނެވެ.
ބާސެލޯނާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެކުލަބުގެ ކުރީގެ ފޯވަޑް ބްރެޒިލްގެ ނޭމާ އެނބުރި ގެނައުމަށެވެ. ނަމަވެސް މީގެ ދެއަހަރު ކުރިން ދުނިޔޭގެ ރެކޯޑް ފީއަކަށް ޕީއެސްޖީއަށް ބަދަލުވި ކުޅުންތެރިޔާ ގަތުމަށް ބާސެލޯނާއިން ހުށެހެޅުން ޕީއެސްޖީން ވަނީ ވަގުތުން ނޫނެކޭ ބުނެފައެވެ.
އެއީ ލޯނު އުސޫލުން އޭނާ ހޯދުމަށް އެދުމުން. ބާސެލޯނާއިން ލޯން އެއްބަސްވުމަކަށްދާން މަސައްކަތް މިކުރަނީ ޕީއެސްޖީން ބުނާ ވަރަށް މިވަގުތު ބާސެލޯނާ އަށް ފައިސާ ދެވެން ނެތުމުންނެވެ.