ޚަބަރު

މަރަދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ


އައްޑޫ ސިޓީ މަރަދޫ ބޮޑުމަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.އައްޑޫ ސިޓީ މަރަދޫ ބޮޑުމަގުގައި ހުންނަ އައުލާ ފިހާރަ ކައިރީ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވެފައިވަނީ ސ. ހިތަދޫ، ޢަލީބޮޚާރީގެ، އުމުރުން ތިރީސް އަހަރުގެ ޢަލީ ނިޒާރެވެ. އޭނާ މަރުވެފައިވަނީ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު އެއްގަޑި ދިހައެއްހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އައްޑޫ ސިޓީ މަރަދޫ ބޮޑުމަގުގައި ހުންނަ އައުލާ ފިހާރަ ކައިރިން ދުއްވާފައިދިޔަ ސައިކަލެއް އެ ފިހާރަށް ކައިރީ ޕާކްކޮށްފައިހުރި ޕިކަޕެއްގައި ޖެހިގެންކަމަށާއި، މި އެކްސިޑެންޓްގައި އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާކަމަށެވެ.ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.