ޚަބަރު

ކުޅިވަރު ކޮޅަށް ޖެހުމަށް އަމަލީ ގޮތުން ދަނޑަށް ނިނުންނަން ޖެހޭ - މިނިސްޓަރ މަހުލޫފް


ޔޫތް މިނިސްޓްރީއާއި ހަވާލްވިއިރު، ރާއްޖޭގެ ކުޅިވަރު އޮތީ މޭޒުކައިރީގައި އިނދެގެން ހިންގޭ ހާލަތަށް ވުރެއް ދަށް ހާލަތެއްގައިކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެ.

މިނިސްޓަރ މަހުލޫފު ވިދާޅުވީ އައިއޯއައިޖީގައި އެންމެ ބޮޑު ކާމިޔާބީތައް ހޯދި ކުޅިވަރުތަކުން އެ ކާމިޔާބީ ހޯދި ވަރަށް ބުރަ މަސައްކަތާއި ދަތި ހާލުގައި ފަރިތަކޮށްގެންކަމަށް. ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ބީޗްވޮލީއަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި ނެތްކަން މިނިސްޓަރ ފާހަގަކުރެއްވި. ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރުގައި ހުނަރުވެރި އަދި މޮޅެތި ކިތަންމެ ކުޅުންތެރިންނެއް އެބަތިބިކަމަށާއި އެކުޅުންތެރިންނަށް ބޭނުންވަނީ ރަގަނޅު ފުރުސަތުތަކެއްކަމަށް. އެކަން މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން އެ ކުޅުންތެރިން ވަރަށް ރަގަނޅަށް ސާބިތުކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވި.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އޮތް ހާލަތުން، އަމަލީކޮށް ދަނޑު މައްޗަށް ނުނިކުމެ މިކަން ކުރެވެން ނެތްކަމަށާއި ކުރީގައި ކުޅިވަރުގައި އޮތް ފޯރި އަލުން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް.

"އަޅުގަނޑު ބޭނުމެއް ނުވޭ އެއްވެސް ކަމެއް އަތުން ދޫވެގެން ދާކަށް. މިފަހަރު ސްރީ ލަންކާ ޓީމް މާލެ ގެންނަން ވެގެން ލަންކާގެ ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސްއަށް އަޅުގަނޑު ގުޅުމުން، އެބޭފުޅާއަށް ގަބޫލްއެއްވެސް ނުކުރެވުނު މިގުޅަނީ ވަޒީރުކަމެއް. ދެތިން ދުވަސް ވަންދެން އަޅުގަނޑުމެންނަށް ޖެހެނު މިއީ ވަޒީރުކަންވެސް އެމީހުނަށް ބުނެދޭ. ދުވަހަކުވެސް އެއްވެސް ގައުމްއެއްގެ ވަޒީރަކު މިފަދަ ކަމެއް ކޮށްފައި ނެތުމުން. އަޅުގަނޑުމެން މިކަން ކުރަން ޖެހުނީ. ކުޅިވަރު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް އަމަލީ ގޮތުން އެބަޖެހޭ ވަރަށް ގިނަ މަސައްކަތް ކުރަން." މިނިސްޓަރ މަހުލޫފް ބުންޏެވެ.