ކުޅިވަރު

ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން އިންޑޯ ހޯލް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި


ކުޅިވަރު އެކުވެނީގެ ބެޑްމިންޓަން އިންޑޯ ހޯލް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި މި މަރާމާތައް ނިންމާލެވޭއިރު، ހޯލްގެ ފްލޯރިން އެއްކޮށް ބަދަލުކޮށް އެންމެ ފެންވަރު ރަނގަޅު ޓްރެއިނިންގ ކޯޓެއްގެ ފްލޯރިންގ އަކަށް ބަދަލުކުރެވޭނެއެވެ. އަދި މީގެ އިތުރުން ހޯލްގެ ލައިޓިން ސިސްޓަމް އެއްކޮށް ލެޑް ލައިޓަށް ބަދަލުކޮށް ރޫފްޓޮޕް މަރާމާތުކޮށް ހޯލް ހޫނުގަދަވުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ، މީގެ ކުރިންވެސް މި ބަދަލުތަށް ގެންނަން އެސޯސިއޭޝަނުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އެކި ސަބަބުތަކާއިހުރެ މަސައްކަތް ކުރިއަށް ނުދިޔައީ ކަމަށެވެ. ނަމަވެސް މިހާރު، މިނިސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމަކާއިއެކު މަސައްކަތް ފަށައިގަނެވިއްޖެ ކަމަށް މޫސަ ވިދާޅުވިއެވެ
.
މޫސަ ވިދާޅުވީ، އަންނަ ސެޕްޓެމްބަރ މަހު ރާއްޖޭގައި ބާއްވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް ދެ މުބާރާތުގެ ކުރިން މި މިސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށާއި، މިކަމުގެ ސަބަބުން މިފަދަ އިންޓަނޭޝަނަލް އިތުރު މުބާރާތްތައްވެސް ރާއްޖޭގައި ބާއްވައި ބެޑްމިންޓަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަނާއި ޔޫތް މިނިސްޓްރީ އާއި ގުޅިގެން އަންނަނީ އައްޑޫ ސިޓީގައިވެސް ފެންވަރު ރަނގަޅު ތިން ކޯޓް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.