ސިއްހަތު

އައިސްއަލަމާރިއަށް ލާން ނުޖެހޭ ބައެއް ބާވަތްތައް!


ކާބޯތަކެތި ތާޒާކަންމަތީ ބެހެއްޓުމަށް އައިސްއަލަމާރި އަކީ މުޙިންމު އެއްޗެކެވެ. ތަރުކާރީ އާއި މޭވާވެސް ތާޒާކަން މަތީ ގިނަދުވަހު ބެހެއްޓުމަށް އައިސްއަލަމާރި އެހީތެރިވެދޭއިރު، ހުރިހައި ބާވަތެއްގެ ތަރުކާރީ އާއި މޭވާ އަކީ އައިސަލަމާރިއަށް ލާން ޖެހޭ ތަކެއްޗެއް ނޫނެވެ.

މިފަދަ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އައިސްއަލަމާރިއަށް ލުމުން އެތަކެތީގެ ރަހައަށާއި ކޮލިޓީއަށް ނޭދެވޭ އަސަރު ކުރެއެވެ.

އައިސް އަލަމާރިއަށް ލާން ނުޖެހޭ ބައެއް ބާވަތްތަކަށް ބަލާލާއިރު،

ދޮންކެޔޮ

ދޮންކެޔޮ އައިސަލަމާރިއަށް ލުމުން ރަގަޅަށް ދޮންވުމަށް ހުރަސް އަޅައެވެ. ދޮންކެޔޮ އެއްމެ ރަގަޅީ ހާމަތަނެއްގައި ބެހެއްޓުމެވެ.

އަލުވި

އަލުވިއަކީ ގިނަ މީހުން އައިސްއަލަމާރިއަށް ލާ އެއްޗެކެވެ. ނަމަވެސް މިއީ އެއްމެ ރަގަޅު ގޮތެއް ނޫނެވެ. އަލުވި ރައްކާކުރުން އެއްމެ ރަނގަޅީ ރަގަޅަށް ވައި ދައުރުވާ ގޮތަކަށް ބެހެއްޓުމެެވެ. އަލުވި ފިނި ކުރުމުން އަލުވީގައި ފޮނި ރަހައެއް ލާނެއެވެެ. އަދި އޭގެ އަސްލު ރަހައަށް ބަދަލު އާދެއެވެ.

އާފަލު

އާފަލަކީ އޭގައި ހަރުގޮތެއް ހުރުމުން މީރުވާ އެއްޗެކެވެ. އާފަލު ވަޅޯ ވުމުން ރަހަ މީރެއް ނޫނެވެ. އައިސްއަލަމާރީގައި އާފަލު ބެހެއްޓުމުން އާފަލު ވަޅޯވެ އޭގެ ރަހައަށް ބަދަލު އާދެއެވެ.

ޕާން

ޕާން ކެއުމަށްފަހު ބާކީވާ ބައި އައިސްއަލަމާރީގައި ބަހައްޓާ މީހުން މަދެއް ނޫނެވެ. އެހެން ނަމަވެސް ޕާން އައިސަލަމާރިއަށް ލުމުން ޕާނުގެ ޕްރެޝްކަން ކެނޑި ހިކެން މެދުވެރިވެއެވެ.