ޚަބަރު

34% ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރަނީ ފާޅުގައި- ދިރާސާ


މުޖުތަމަޢުގެ 35 އިންސައްތަ ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރާކަމަށާއި، އޭގެތެރެއިން 17 އިންސައްތަ ކުދިން ދުންފަތުގެ އިސްތިއުމާލުކުރަނީ އެކުދިންގެ މައިން ބަފައިންނަށް އެނގިގެންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.އެދިރާސާއިން ދައްކާގޮތުން 44 އިންސައްތަ ބެލެނިވެރިން ދުންފަތުގެ އިސްތިއުމާލު ކުރަނީ ދަރިންގެ ކުރި މަތީގައި ނުވަތަ ދަރިންނަށް އެނގިގެންނެވެ.ކުދިން ގެއިން ބޭރުގައި އުޅޭއިރުވެސް ދުންފަތުގެ ދުމުގެ އަސަރު އެކުދިންނަށް ކުރާކަމަށާއި، 60 އިންސައްތަ ކުދިންނަކީ ގެއިން ބޭރުގައިވެސް ދުންފަތުގެ ދުމުގެ އަސަރު ފޯރާކުދިންކަމަށް އެދިރާސާއިން ދައްކައެވެ. އަދި 34 އިންސައްތަ ކުޑަކުދިން ދުންފަތުގެ އިސްތިއުމާލުކުރަނީ ފާޅުގައި ކަމަށްވެސް އެ ދިރާސާއިން ދައްކައެވެ.