ކުޅިވަރު

އަޝްފާގަކީ ޤައުމީ ޓީމްގައި ހިމެނެންޖެހޭ ކުޅުންތެރިއެއް : މިނިސްޓަރ މަޙުލޫފު


އަލީ އަޝްފާގު ރާއްޖޭގެ ޤައުމީ ޓީމުގައި ހިމެނެންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ޤައުމީ ޓީމު ގުއާމާއި ދެކޮޅަށް ކުޅޭ މެޗާއި، ޗައިނާއާއި ވާދަކުރާ މެޗަށް ނެގި ސްކޮޑުން އަލީ އަޝްފާގަށް ކޯޗު ފުރުސަތެއް ނުދެއެވެ. މިދިޔަ ސީޒަންގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަކީ މިހާރުން ހޮވި 2018ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. މި ސީޒަންގައިވެސް އަޝްފާގް އަންނަނީ ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ޤައުމީ ޓީމުން އަޝްފާގަށް ފުރުސަތު ނުދިނުމުން ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ ކޯޗަށް އަމާޒުވަމުންނެވެ. މީގެ އިތުރުން ގިނަ ބަޔަކު އެފްއޭއެމަށްވެސް ފާޑުކިޔާކަން ފާހަގަކޮށްލެވެއެވެ.

މިނިސްޓަރ މަޙުލޫފު ވިދާޅުވީ ގިނަ އަޝްފާގަކީ ޤައުމީ ޓީމްގައި ހިމެނެންޖެހޭނެ ކުޅުންތެރިއެއްކަމަށާއި، ގިނަ އަދަދެއްގެ ސަޕޯޓަރުން އަޝްފާގު ޤައުމީ ޓީމްގައި ނުހިނެނޭތީ އެކަން ފާހަގަކޮށް އެކަން ހިއްސާކޮށްފައިވާކަމަށެވެ. އަދި ދިވެހި ސަޕޯޓަރުންގެ އެދުން އެފްއޭއެމްއާއި ހިއްސާކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަޙުލޫފުގެ ފުރަތަމަ އެގާރައިގައި އަލީ އަޝްފާގު ހިމެނޭނެކަން ފާހަގަކުރައްވައި މިނިސްޓަރވަނީ މިހާރު ފޯމުގައި ހުރި އަޝްފާގު ޤައުމީ ޓީމްގައި ހިމެނުމަކީ މުހިންމުކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އަޅުގަނޑުގެ ފުރަތަމަ އެގާރައިގައި އަޝްފާގު ހިމެނޭނެ، ދަނގަޑޭއަކީ ޤައުމީ ޓީމްގައި ހިމެނެންޖެހޭ ކުޅުންތެރިއެއްކަމަށް އަޅުގަނޑު ގަބޫލުކުރަން" މިނިސްޓަރ ވިދާޅުވިއެވެ.