ވިޔަފާރި

ޓްރީޓޮޕް ހޮސްޕިޓަލުގެ އެމަރޖަންސީއަށް ދެއްކުމުގެ އަގުތައް ހެޔޮކޮށްފި


ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެމަރޖަންސީ ޙިދުމަތުގެ ދަށުން ޑޮކްޓަރަށް ދެއްކުމުގެ އަގުތައް ހެޔޮކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެމަރޖަންސީ ޙިދުމަތުން ޑޮކްޓަރަށް ދެއްކުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އަގަށް ގެނައި ބަަދަލުތަކަށް މިއަދުން ފެށިގެން އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. ޢަދި 24 ގަޑިއިރު މެދުކެނޑުމެއްނެތި އެމަރޖަންސީގެ ޙިދުމަތް ލިބެމުންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެއިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ސްޕެޝަލިސްޓުންނަށް އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ) ޙިދުމަތްދެވޭ ގަޑިތައް ރޭގަނޑު 22:30ގެ ނިޔަލަށް އިތުރުކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދިފަހުން ވަނީ މާލެއިން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާން ބޭނުންވާ ފަރާތްތަކަށް އިތުރު ފީ އަކާއި ނުލާ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިދޭން ފަށާފައެވެ.

ކޮންމެ ބަލި މީހަކާއެކު އެހީތެރިޔަކަށް މިޙިދުމަތް ބޭނުންކުރެއްވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު، މާލެއިން ޓްރީޓޮޕް ހޮސްޕިޓަލަށް ދިއުމަށް ބަހުގެ ޙިދުމަތް ލިބޭނީ މާލޭގެ ޕޮލިސް ޓޯޔާޑް ކައިރިންކަމަށް ޓްރީ ޓޮޕުން މައުލޫމާތުދެއެވެ.