ވިޔަފާރި

މާދަމާ ބޭންކުތަކުން ޙިދުމަތް ލިބޭނެ


އަޟުޙާ ޢީދު ބަންދުގެ ތެރޭގައި، އާއްމުންނަށް ބޭންކިންގެ ޙިދުމަތް ދިނުމަށްޓަކައި، މާދަމާ ބޭންކުތައް ހުޅުވާ ޙިދުމަތް ދޭނެއެވެ.

މާދަމާ ބެންކުތައް ހުޅުވާ ޚިދުމަތް ދޭން ނިންމީ އަޟުޙާ ޢީދުގެ މުނާސަބަތުގައި ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެއެވެ. އަދި އެ އޮތޯރިޓީން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތައް ކަމުގައިވާ ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 08:30 އިން މެންދުރުފަހު 2:00 ހަމައަށް ލިބޭނެ ކަމަށާއި، ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 08:30 އިން 11:00 އަށް ލިބޭނެ ކަމަށެވެ.

އެމްއެމްއޭއާއި ބީއެމްއެލްގެ އިތުރުން، މޯލްޑިވްސް އިސްލާމިކް ބެންކުގެ ޚިދުމަތްވެސް މާދަމާ ލިބޭނެކަމަށް އެބެންކުން ބުނެއެވެ.