ކުޅިވަރު

ސްޓާލިން މިސީޒަން ފެށީ މިދިޔަ ސީޒަން ނިންމާލި ފޯމުގައި - ގާޑިއޯލާ


ސިޓީގެ ފޯވަޑް ރަހީމް ސްޓަރލިން މި ސީޒަން ފެށި މިދިޔަ ސީޒަން ނިންމާލީ ފޯމާއެކު ކަމަށް ބުނެ ކޯޗު ޕެޕް ގާޑިއޯލާ ސްޓަރލިންއަށް ތައުރީފްކޮށްފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ސިޓީން ލީގުގައި ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކުރީ ވެސްޓް ހަމް ޔުނައިޓެޑާއި ވާދަކޮށެވެ. މި މެޗުގައި ފޯވާޑް ސްޓާލިން ހެޓްރިކް ހެދިއެވެ.

ކޯޗު ޕެޕް ގާޑިއޯލާ މެޗަށްފަހު ސްޓާލިންއަށް ތައުރީފްކުރަމުން ބުނީ ސްޓާލިންއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު އޭނާގެ ކޮންފިޑެންސް ވަރަށް ރަނގަޅަށް ފެންނަކަމަށާއި، މިއީ ޓީމްގެ އެހެން ކުޅުންތެރިންނަށްވެސް ލިބޭނެ ހިތްހަމަޖެހުމެއްކަމަށެވެ. އަދި މިދިޔަ ސީޒަންވެސް ނިންމާލި ފޯމުގައި މި ސީޒަންގެ ފުރަތަމަ މެޗުގައި ކުޅުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ގާޑިއޯލާ ބުނީ މި ސީޒަންގެ ފެށުން ރަނގަޅު ކުރެވުމަކީ އޭނާއަށް ލިބޭނެ ބޮޑު ލުޔެއްކަމަށާއި، މި ފޯމުގައި ސީޒަންގެ ހުރިހާ މެޗެއްގައި ކުޅެފިނަމަ ލީގުގެ އުއްމީދު ބޮޑުކަމަށެވެ.

މި މެޗަކީ ސިޓީއާއި އަލަށް ގުޅުނު މިޑްފިލްޑަރ ރޮޑްރީ އެކުލަބަށް ކުޅުނު ފުރަތަމަ މެޗުއެވެ. ގާޑިއޯލާ ބުނީ ފުރަތަމަ މެޗަށްވިޔަސް ރޮޑްރީގެ ކުޅުމަށް ބަލާއިރު އައުކަމެއް ނުފެންނަކަމަށާއި، އޭނާ ސިޓީގެ ސްޓައިލަށް ވަރަށް ބޮޑަށް ހޭނިފައިވާކަމަށެވެ.