ކުޅިވަރު

އެންބީއޭގެ ޗެމްޕިއަން ކޯޗު ފިލް ހޭންޑީގެ ކޯޗިންގ ކްލިނިކް ނިންމާލައިފި

ދުނިޔޭގެ އެއް ވަނަ ބާސްކެޓްބޯޅަ ލީގު ކަމަށްވާ އެމެރިކާގެ އެންބީއޭގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ އެސިސްޓަންޓް ކޯޗު ފިލް ހޭންޑީގެ ކޯޗިންގ ކްލިނިކް ނިންމާލައިފިއެވެ.

ބާސްކެޓްބޯލް އެސޯސިއޭޝަނުން ހޭންޑީ ރާއްޖެ ގެނެސް މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުރިއަށްގެންދިޔަ ކޯޗިންގ ކްލިނިކްގައި ތަމްރީން ދިނީ ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗުންނަށެވެ.
މިގޮތުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޤައުމީ ސްކޮޑުގެ ކުޅުންތެރިންނާއި ގިނަ އަދަދެއްގެ ކޯޗުންވަނީ ކޯޗު ފިލް ހޭންޑީގެ ތަމްރީންތަކުގައި ބައިވެރިވެފައެވެ. ކޯޗިންގ ކެރިއަރުގެ ކުރީކޮޅު އެންބީއޭގެ ގިނަ ކުލަބުތަކެއްގެ ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ފިލް ހޭންޑީއަކީ އެންމެ ފަހުގެ އެންބީއޭ ސީޒަނުގެ ޗެމްޕިއަން ޓޮރޮންޓޯ ރެޕްޓާސްގެ އެސިސްޓަންޓް ކޯޗުއެވެ. އަދި އޭގެ ކުރިން އޭނާވަނީ ކްލީވްލެންޑް ކެވިލިއާސްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. އަންނަ ސީޒަނަށް ލޮސް އެންޖެލްސް ލޭކާސްގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައިއެވެ.