މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވާ ބަޔަކަށް ވުމަށް މިއަހަރުގެ ހައްޖު ޚުތުބާގައި ގޮވާލައްވައިފިއެވެ.
ދެ މިލިޔަނަށްވުރެ ގިނަ މީހުން މިއަހަރުގެ ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރުމަށް ގޮސްތިބިއިރު މިއަދު އިއްވެވި ޚުތުބާ އަމާޒުކޮށްފައިވަނީ ﷲސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތާއި އޯގާވެރިކަމާއި އެ ރަޙްމަތާއި އޯގާތެރިކަން ލިބޭނެ މަގުތަކުގެ މައްޗަށެވެ.
މިއަހަރުގެ ޙައްޖު ޚުތުބާ ދެއްވަމުން ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީގެ މެމްބަރު އަދި ޚާދިލިމުލް ޙަރަމައިނި އައްޝަރީފައިން ކޮމްޕްލެކްސް ފޯރ ޙަދީޘްގެ ރައީސް ޝައިޚް މުޙައްމަދު ބިން ޙަސަން އާލް އައްޝައިޙު ވަނީ ދުނިޔެމަތީގައިވާ ކަންކަމަށް ވުރެ ދީނުގައި އަންގަވާފައިވާކަންކަންކޮށް އެކަންކަމަށް ބޯލެމުބަމަށް ގޮވާލާފައެވެ. އަދި މުއުމިނުންނަށް ވުމަށް އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ނަސޭހަތްދީ ވަސިއްޔަތްކޮށް އިޖްތިމާޢި ގުޅުންތައް ރަނގަޅުކުރާ ބަޔަކަށްވުމަށްވެސް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި ދެމަފިރިން އެކަކު އަނެއްކަކަށް ހެޔޮކޮށް ހިތުމަށްވެސް ވަނީ ގޮވާލާފައެވ. މީގެއިތުރުން އެކުލަވާލާފައިވާ ޤާނުނުތަކަށް ބޯލެނބުމަށް ޙައްޖު ޚުތުބާގައި ވަނީ ގޮވާލާފައެވެ.
އަދި އެއްބަޔަކު އަނެއްބަޔަކަށް މައާފުކުރުމާއި ޞަދަޤާތް ކުރުމާއި ހެޔޮކަންތައްތައްކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ނަސޭހަތްދީ ތަޤްވާވެރިވުމަށްވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ. މީގެއިތުރުން ގަނެވިއްކުމުގައި އޯގާތެރިވުމަށާއި އެއްބަޔަކު އަނެއްއްބަޔަކަށް ރަހުމްކޮށް އަބަދުވެސް މާއާފަށް އެދި ﷲގެ ހަޒްރަތުގައި ފާފަ ފުއްސެވުމަށްއެދި ދުޢާދެންނެވުމަށްވެސް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.
މިއަހަރު ރާއްޖެއިން 2000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދަކުރުމަށް ގޮސްފައިވާއިރު، މި އެ އެންމެންވެސް ދަނީ އަރަފާތު ބިމަށްގޮސް ޙައްޖުގެ މަނާސިކުތައް އަދާކުރަމުންނެވެ. ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެމިލިއަނަށްވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވެއެވ.