ވިޔަފާރި

ބުދަ ދުވަހު އެލައިޑް އިންޝުއަރެންސްއިން ޚިދުމަތް ދޭނެ


އަޟުޙާ ޢީދުގެ ބަންދުގެ ދުވަސްތަކުގެ ތެރެއިން މިހަފްތާގެ ބުދަދުވަހު އެލައިޑް އިންޝުއަރެންސްއާއި އަޔާދީ ތަކާފުލްއިން ޚިދުމަތްދޭނެކަމަށް އެލައިޑް އިންޝުއަރެންސް ކުންފުނިން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ވިދާޅުވީ ޢީދު ބަންދުގެ ދުވަސްތަކުގެ ތެރެއިން 14 އޮގަސްޓްވާ ބުދަ ދުވަހު އެކުންފުނީގެ ކައުންޓަރުތައް ހެނދުނު 10:00 އިން މެންދުރުފަހު 14:00އަށް ހުޅުވިފައިހުންނާނެކަމަށެވެ.

އަޟުޙާ ޢީދުގެ ބަންދާ ގުޅިގެން ހަފްތާއެއްހައި ދުވަސް ބަންދުވާއިރު، އޮގަސްޓުމަހުގެ 14 ވަނަ ދުވަހު ބޭންކުގެ ޚިދުމަތްވެސް ލިބޭނެއެވެ. އެގޮތުން މިދުވަހު ބީއެމްއެލްއާއި އިސްލާމިކް ބެންކުގެ ޙިދުމަތްވެސް ލިބެންހުންނާނެކަމަށް އެ ބެންކުތަކުން ވިދާޅުވެއެވެ.

އަޟުޙާ ޢީދު ބަންދާ ގުޅިގެން މިމަހުގެ 15 ވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ބޭންކުތަކާއި އެމްއެމްއޭއިން ރެގިއުލޭޓްކުރާ އެހެން މާލީ އިދާރާތައް މިމަހުގެ 1 ވަނަ ދުވަހު ހުޅުވާނޭކަމަށް އެމްއެމްއޭއިންވެސް ވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ. އެގޮތުން އެމްއެމްއޭއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިންފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 08:30 އިން މެންދުރުފަހު 2:00އަށް ކުރިއަށްދާނެކަމަށާއި، އަދި ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް ހެނދުނު 08:30 އިން 11:00 އަށް ކުރިއަށްދާނެކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.