ޚަބަރު

އަރިއަޅާލި ދޯނިން ކަނޑަށް ދޫވި ބައެއް މުދާތައް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


ކ.މާހަލް ކައިރިން އަރިއަޅާލި ދޯނިން ކަނޑަށް ދޫވި ބައެއް މުދާތައް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މާލެއިން މުދާ ބަރުކޮށްގެން ކަގި ރިސޯޓަށް ދަތުރުކުރަމުންދަނިކޮށް މިއަދު ހެނދުނު އަރިއަޅާލި "ސަމޯރާ" ނަމަކަށްކިޔާ ދޯނިން ބައެއް މުދާތައް ކަނޑަށް ދޫވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯނީގައި ތިބީ 1 ދިވެއްސަކާއި 3 ބިދޭސީން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު 10:30ހާއިރު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވަރުންގެ ޓީމެއް ވަނީ އެ ދޯނި އޮތް ސަރަހައްދަށްގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.