ޚަބަރު

ލ.ދަނބިދޫ އިންޖީނުގެ ބޭނުން ނުކުރެވޭވަރަށް އަނދައިފި


ލ.ދަނބިދޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.

ދަނބިދޫ އިންޖީނުގޭގައި ރޯވެފައިވަނީ މިރޭ އަށް ގަޑި ތިރީސްހާއިރުކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

މިޙާދިސާއާއި ގުޅިގެން އެމްއެންޑީއެފަށް މިހާތަނަށް އަންގާފައި ނުވާކަމަށް ސިފައިން ވިދާޅުވެއެވެ. އެހެންނަމަވެސް އަލިފާނުގެ މައްސަލައެއް އުޅޭކަމުގެ މަޢުލޫމާތު މީޑިއާ މެދުވެރިކޮށް ލިބުމާއި ގުޅިގެން މިމައްސަލަ ބަލަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަދި މިހާރު އަލިފާން ނިއްވާލެވިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.