ކުޅިވަރު

އެންމެ މޮޅު ފޯވަޑުގެ އެވޯޑަށް ރޮނާލްޑޯ އާއި މެސީ ވާދަކުރަނީ


ޗެމްޕިއަންސް ލީގުގެ އެންމެ މޮޅު ފޯވަޑްގެ އެވޯޑަށް ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީ ނޮމިނޭޓްވެއްޖެ އެވެ.

ރެކޯޑް އަދަދެއް ކަމަށްވާ ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މި ދެ ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯ އަށް މުބާރާތް ނިމުނީ ކުއާޓާ ފައިނަލުންނެވެ. މެސީ ކެޓީ ލިވަޕޫލް އަތުން ސެމީ ފައިނަލުގައި ބާސެލޯނާ ބަލިވުމުންނެވެ. ނަމަވެސް މެސީ ވަނީ މުބާރާތުގައި 12 ގޯލު ޖަހާފަ އެވެ. ރޮނާލްޑޯ ޖެހީ ހަ ގޯލެވެ. މި ދެ ކުޅުންތެރިންނާއެކު އެންމެ މޮޅު ފޯވަޑުގެ މަގާމަށް ވާދަކުރަނީ މުބާރާތުގެ ތަށި ހޯދި ލިވަޕޫލްގެ ފޯވަޑް ސާދިއޯ މާނޭ އެވެ.

އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމަށް ވާދަކުރަނީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ޓޮޓެންހަމުގެ ކްރިސްޓިއަން އެރިކްސަން އާއި އަޔެކްސް އަށް ކުޅުނު ބާސެލޯނާގެ ފްރޭންކީ ޑިޔޮންގެވެ.

އެންމެ މޮޅު ޑިފެންޑަރުގެ މަގާމަށް ވާދަކުރަނީ ލިވަޕޫލްގެ ވާޖިލް ވެންޑައިކާއި އެ ޓީމުގެ އެލެގްޒެންޑާ އާނޯލްޑާއި ޔުވެންޓަސް އަށް ބަދަލުވި އަޔެކްސްގެ ކެޕްޓަން މަތިއަސް ޑިލައިޓެވެ.

އެންމެ މޮޅު ކީޕަރުފެ މަގާމަށް ވާދަކުރަނީ ލިވަޕޫލްގެ ކީޕަރު އަލިސަން ބެކާ އާއި ޓޮޓެންހަމުގެ ހޫގޯ ލޮރިސް އާއި ބާސެލޯނާގެ މާކް އަންދްރޭ ޓާސްޓެގަންއެވެ.

.............