ކުޅިވަރު

މާޒިޔާއިން ތާވަލު އެއްވަނައިގަ 4 ޕޮއިންޓުގެ ލީޑެއް ނަގައިފި


ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާއިން ތާވަލު އެއްވަނައިގަ ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓަރީ ވާދަކޮށް 6-1ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ޔުނައިޓެޑް ވިކްޓަރީން ދިޔައީ ވަރަށް ރަނގަޅަށް ވިސްނާގެން ކުޅެމުން. މާޒިޔާ އިން ޔުނައިޓެޑް ވިކްޓަރީ ހާފްތެރޭގައި ގިނައިރު ބޯޅަ ގެންގުޅެ ގޯލަށް ނުރައްކާ ކޮއްފައެވެ. މެޗުގެ ޔުނައިޓެޑް ވިކްޓްރީގެ ގޯލް މާޒިޔައަށް ފޫއަޅުވާ ލެވުނީ ފުރަތަމަ ހާފްނިމެން ދެމިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު މެޗުގެ 43 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮއްދިނީ ނާއިޒް ހަސަންއެވެ.

ފުރަތަމަ ހާފް މާޒިޔާއިން ނިންމާލީވެސް އިތުރު ލަނޑާއެކުއެވެ. މެޗުގެ 45 މިނިޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އަސަދުﷲ އަބްދުﷲއެވެ. ދެވަނަހާފް ފެށިގެން ދެލަނޑުގެ ލީޑަކާއެކު ކުޅެމުން ދިޔަ މާޒިޔާއިން ފަސޭހަކޮއްލުމުގެ ފައިދާ ނަގާ ޔުނައިޓެޑް ވިކްޓަރީން ލަނޑެއް ޖަހާ ނަތިޖާ 2-1 ކަށް ބަދަލުކޮއްލިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ބިދޭސީ ކުޅުންތެރިޔާ ޑިމްޓްރީއެވެ. އޭގެ ތިން މިނިޓް ފަހުން މާޒިޔާއަށް އަސަދުﷲ ލީޑް އިތުރަށް ފުޅާކޮއްދިނެވެ.

މާޒިޔާގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ދިފާއަށް ކުޅެމުންއަންނަ ސަމޫހު އަލީއެވެ. މާޒިޔާގެ ފަހު ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވާޓް ކޯނިލިއަސްއެވެ. މި މޮޅާއެކު މާޒިޔާ ލީގު ތާވަލްގެ ހަތަރު ޕޮއިންޓުގެ ލީޑެއް ނެގީ ކުޅުނު ހަތް މެޗުން ސަތާރަ ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އަށް ވުރެ ހަތަރު ޕޮއިންޓް މަދުން ދެވަނައިގަ އޮތީ ކުޅުނު ހަމެޗުން ތޭރަ ޕޮއިންޓް ހޯދި ދަގްރާންޑޭއެވެ. މެޗުން ބަލި ޔުނައިޓެޑް ވިކްޓަރީ ހަތްވަނައިގަ އޮތީ ކުޅުނު ހަމަޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ.