ޚަބަރު

އިޖްތިމާއީ ހުނަރުވެރިންގެ ގޮތުގަ ބިދޭސީން ތިބުންއެއީ ގޮންޖެހުމެއް


ރާއްޖޭގައި  94،000 ބިދޭސީން މަސައްކަތްކުރާއިރު، ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިޖްތިމާއީ ހުނަރުވެރިންގެ ގޮތުގައި އެފަރާތްތައް ރާއްޖޭގެ އެކި ދިމަދިމާލުގައި ހަރަކާތްތެރިވަމުން ދިއުންކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވިލޮޕްމަންޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ބިދޭސީ މަސައްކަތް ތެރިނަށް އަމާޒްކޮށްގެން ތައާރަފް ކުރެވުނު، "އެކްސްޕޭޓްރިއޭޓް ހެލްތް އިންޝުއަރެސް ޕްލޭން" އިފްތިތާހްކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން، މިނިސްޓަރަ ސައީދު ވިދާޅުވީ، ލޭބަރުންނަކީ ގައުމުގެ ކުރިއެރުމުގައި މުހިންމު ބަޔަކަށްވާއިރު، ސަރުކާރުގެ މަގުސަދަކީ، ލޭބަރ އިމްޕޮޓޭޝަން ނުވަތަ ކަމެއް ހާސިލްކުރުން އަދި އުފެއްދުމުގައި ލޭބަރުންގެ ހިއްވަރާއި ފަންވަރު ހުއްޓުވުން ނޫންކަމަށެވެ. އޭގެ ބަދަލުގައި އެފަރާތްތަކުގެ ފަންވަރު އެންމެ ހެޔޮގޮތުގައި ރާއްޖޭގެ އިގްތިސޯދުގެ ތެރޭގައި ބަލައިގަތުމަކީ އެންމެ މުހިންމުކަމއެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ސައިދު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންގެ ފެންވަރާއި ބާރު ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާކަމަށެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ފަދަ އެސޯސިޔޭޝަން ތަކާއި، ސަރުކާރުގެ އިދާރާތަކުން މަސައްކަތްތެރިން ބާރުވެރިކުރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ފަސްއަހަރު ދުވަހުގެ ދައުރުގައި މިހާރު މަސައްކަތްތެރިންގެ ކަންކަން ބައްލަވާ އިދާރާތަކުގެ ޚިދުމަތް ރަނގަޅުކޮށް އެތަންތަނަށް ގެންނަންޖެހޭ އިސްލާހުތަށް ގެނެވެމުންދާކަމަށެވެ.