ކުޅިވަރު

ޕީއާރުސީ ފުޓްބޯލް މުބާރާތް: ފައިނަލުގައި ޓީމް އެޗްކިއު އަދި މާފުށީ ޖަލުގެ ކުރިމަތިލުމެއް


ޕްރިޒަން ރެކްރިއޭޝަން ކުލަބުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޓީމް އެޗްކިއު އަދި މާފުށި ޕްރިޒަންއިން ދަތުރުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ކުރިޔަށްދާ މުބާރާތުގެ ފައިނަލަށް އެޗްކިއު ދިޔައީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މާލެ ޕްރިޒަންއާ ވަދާކޮށް 5-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލުގެ ފަހުޖާގަ ޗެމްޕިއަން މާފުށި ޕްރިޒަން ހޯދީ ސެމީފައިނަލް ދެވަނަ މެޗުގެ އީއެސްޖީގެ މައްޗަށް 6-0 އިން ކުރި ހޯދައިގެންނެވެ.

ލީގު އުސޫލުން ފުރަތަމަ ބުރު ކުޅުނު މުބާރާތުގައި ޕްރިޒަންގެ އެކިޑިޕާޓްމަންޓްތަކުން ވަނީ ފަސްޓީމެއް ބައވެރިވެފައެވެ. ލީގު އުސޫލުން ކުޅުނު ބުރު ކާމިޔާބު ކޮށް ލީގު ޗެމްޕިއަންކަން ހޯދީ ޓީމް އެޗްކިއުއެވެ.

މޯލްޑިވިސް ކަރެކަޝަނަލް ސާވިސްއިން އިންތިޒާމް ކުރާ މި މުބާރާތަކީ އެއިދާރާގެ ޕްރިޒަން ކުލަބުން އިސްނަގައިގެން އެކި ސެކްޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މެދުގައި އެކުވެރިކަން އާލާކޮށް އެއްބައިވަންތަ ކުރުމުގު މަގްސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފަވަނީ މާދަމާ ހެނދުނެވެ.