ޚަބަރު

މިއަހަރުގެ " ގުޑް ނިއުސް " އަންނަ ޑިސެބަރު މަހު 27 ގައި


"ގުޑް ނިއުސްގެ" އިންތިޒާރުގައި ތިބި ބެލުންތެރިންނަށް މި އަހަރުގެ ޑިސެމްބަރު މަހު ހިތްގައިމު ޚަބަރެއް ލިބޭނެއެވެ.
"އަކްޝޭ ކުމާރު" އަދި "ކަރަން ޖޯހަރު" ޕްރޮޑިއުސް ކޮށް ތައްޔާރުކުރާ "ގުޑް ނިއުސް" ރިލީސް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ "ރާޖް މެހްތާ " އެވެ.

ރޮމޭންޓިކް ކޮމެޑީ މި ފިލްމުގެ ލީޑް ރޯލް ކުޅެފައިވަނީ "އަކްޝޭ ކުމާރު" އާ "ކަރިނާ ކަޕޫރް" އެވެ. މިދެ ފަންނާނުން ވަނީ މީގެ ކުރިންވެސް ތަފާތު ފިލްމު ތަކަކުން އެއްކޮށް ފެނިގެން ގޮސްފައެވެ. އެގޮތުން "އަޖުނަބީ" "އެއިތްރާޒް" "ކަމްބަކްތު ޢިޝްޤް" ފަދަ މަޝްހޫރު ފިލްމް ތައް ހިމެނެއެވެ. މި ފިލްމުގައި އަކްޝޭ އަދި ކަރީނާގެ އިތުރުން އަރަމުން އަންނަތަރި "ކިއާރާ އަދްވާނީ" އާއި، ކަލާރސް އިން ގެސްދޭ ސިންގިން ރިއަލިޓީ ޝޯ "ރައިސިން ސްޓާރ" ގެ ޖަޖް މަޝްހޫރު ލަވަކިޔުންތެރިޔާ ދިލްޖީގެ ހުށަހެޅުންތަކެއް ފެނިގެންދެއެވެ.

ކިއާރާ އެންމެ ފަހުން ފެނިގެން ދިޔައީ ޖޫންމަހު ރިލީޒް ކުރި މިއަހަރުގެ އެންމެ ކާމިޔަބު ފިލްމު "ކަބީރް ސިންގް " ންނެވެ. މި ފިލްމު މިހާ ތަނަށް ވަނީ 272 ކްރޯޑް އިންޑިއާ ރްޕީސް އަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ.
ދިލްޖީތު އެންމެ ފަހުން ފެނިގެންދިޔައީ ކްރިތީ ސެނޮން އާއެކު މިދިޔަމަހު 25 ގައި ރިލީޒް ކުރި ފިލްމް "އަރުޖުން ޕަޓިޔާލާ" އިންނެވެ.

ރޮމޭންޓިކް ކޮމެޑީ ޖޯންރާ ގެ ފިލްމު ބަލަން ބޭނުވާ ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުޞަތަކަށެވެ. އެހެންކަމުން ބެލުންތެރިންތެރިން މިހާރު ތިބީ މިއަރަރު ޑިސެމްބަރު މަހު 27 ގައި ލިބޭނެ" ގުޑް ނިއުސް" އެއްގެ އިންތިޒާރުގައެވެ.