ތަޢުލީމު

ޒުވާނުންނަށް މަސްވެރިކަމާއިބެހޭ މައުލޫމާތުދިނުމުގެ ސެޝަންތަކެއް


ޒުވާނުންނަށް މަސްވެރިކަމުގެ ޞިނާޢަތުގައި ހުރި ފުރުޞަތުތައް އަންގައިދީ ޒުވާނުން މަސްވެރިކަމަށް ޝަޢުޤުވެރިކަން އިތުރުކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަން ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފަށައިފިއެވެ.އެގޮތުން ޖަމާލުއްދީން ސްކޫލްގެ ސާނަވީ ދަރިވަރުންނަށް މި ޕްރޮގްރާމްގެ ދަށުން އިއްޔެ ވަނީ މައުލޫމާތު ދީފައެވެ.މި ޕްރޮގްރާމްގެ މަޤްޞަދަކީ، ސުކޫލް ދަޢުރު ނިމި ވަޒީފާއަށް ޒުވާނުން ކުރިމަތިލާއިރު ވަޒީފާ އަދާކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ވަޒީފާގެ ފުރުޞަތުތައް އަންގައިދީ ހޭލުންތެރިކުރުވާ މަސްވެރިކަމަށް ޝައުޤުވެރިކަން އިތުރު ކުރުވުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.މި ޕްރޮގްރާމްގައި އެސުކޫލުގެ އެކާވީސް ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި މިދަރިވަރުންނަށް މަސްވެރިކަމުގެ ތަރައްޤީގައި ޒުވާނުންގެ ދައުރާއި ހިއްސާވާވަރު އަންގައިދީ، ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެވިފައިވާ ކަމަށްވެސް އު ވުޒާރާއިން މައުލޫމާތުދެއެވެ.