ކުޅިވަރު

އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އަނަންތަރަ އަށް


ލެވިސްޓަރ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އަނަންތަރައިން ހޯދައިފިއެވެ.

ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އަނަންތަރަ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރީ އުނދަގޫ ކަމާއެކު އަމިއްލަފުށި 2-0 ން ބަލިކޮށްގެންނެވެ.

މިއަދު މެޗްގައި ދެޓީމްގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މިމެޗްގައި އަނަންތަރަ ޓީމްގެ ފުރަތަމަ ލަނޑުޖެހީ މެޗްގެ 4 ވަނަމިނެޓްގައި އިޔާޒްއެވެ. ދެވަނަ ލަނޑު ފަހު ހާފްގެ އިތުރުވަގުތުގައި ޖަހައި އަނަންތަރައިން ލީޑް ފުޅާކޮށްދިނީ އަޒްމީން އަބްދުއްސަތާރުއެވެ،

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރައިގެ އިސްމާލް ޝާކިރުއެވެ.

މިމުބާރާތުގެ ފައިނަލްގައި އަނަންތަރަ ވާދަކުރާނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮނެވާފުށި ޓީމާއެވެ.

މިދެޓީމް މި މުބާރާތުގައި ބައްދަލު ކުރިމެޗް ފޯރިގަދަ ކުޅުމަކަށްފަހު ކާމިޔާބު ކުރީ ސޮނެވާފުށިންނެވެ. މި މި މެޗުން ސޮނެވާފުށި މޮޅުވީ އަނަންތަރައިން ލަނޑެއްޖަހައިފައިވަނިކޮށް 2-1 އިން ނެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ ހުކުރުދުވަހު އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައެވެ. ބ.އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަކީ ބ.އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.