ޚަބަރު

އީޔޫގެ "ސެޓްލްމަންޓް މީޑިއޭޝަން" މުއާހަދާއަށް މަޖިލީހުން ރުހުންދީފި


އީޔޫގެ ސެޓްލްމަންޓް މީޑިއޭޝަން މުޢާހަދާއަށް މަޖިލީހުން ރުހުން ދީފިއެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިން ފްރޮމް މީޑިއޭޝަން"އަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ ވޯޓާއިއެކުއެވެ. މި މުޢާހަދާގައި ސޮއިކުރުމުން ދިވެހިރާއްޖެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް މަޖިލީހުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އަދި މިއީ ރާއްޖޭގެ ވިޔަފާރިތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފުޅާވެގެންދާއިރު ކޮންމެހެންވެސް ބޭނުންތެރި މުޢާހަދާއެއްކަމަށެވެ. މިމުޢާހަދާ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު ޔޫރަޕިއަން ޔޫނިއަންގެ ނާއިބު ރައީސް ފެޑެރީކާ މޮގެރީނީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ވިދާޅުވެފައެވެ.

އަދި މީގެކުރިން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ވަނީ އޭނާއާ ބައްދަލުކުރައްވައި ރާއްޖެއާއި އީޔޫއާދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ގޮތެއްގައި މިމަސައްްކަތް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރައްވާފައެވެ.