މުނިފޫހިފިލުވުން

"ޗިޗޯރޭ"ގެ ޓްރެއިލަރ ދައްކާލައިފި


އަރަމުންދާ ދެ ތަރި ޝްރައްދާ ކަޕޫރު އަދި ސުޝާންތް ސިންގް ރާޖްޕުތް ލީޑްރޯލުން ފެނިގެންދާ ފިލްމް "ޗިޗޯރޭ"ގެ ޓްރެއިލައި ދައްކާލައިފިއެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ފެނިގެންދާނީ ކޮލެޖުގައި އެއްކޮށް ކިޔަވަން އުޅުނު ބައެއްގެ ޒުވާން ދުވަސްވަރާއި އުމުރުން ދުވަސްވުމުން އެމީހުންގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެވެ.

މިފިލްމުގެ ޓްރެއިލަރ ފެނިގެންދަނީ ކޮލެޖްގައި ވަރަށް އެކުވެރިކޮށް ކިޔަވަން އުޅުނު އެކުވެރިން ތަކެއްގެ މެދުގައި ހިނގާ ހެއްވާ މަޖާ ކަންތަށް ތަކެވެ. އަދި އެމީހުންގެ ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން އަލުން އެންމެން ބައްދަލުވެ ކުރިމަތިވާ ކަންތައްތަކެއްވެސް ފިލްމުގައި ފެނެގެންދެވެ.

"ޗިޗޯރޭ"ގެ އޮފިޝަލް ޓްރެއިލަރ

މި ފިލްމް ވެގެންދާނީ އެކުވެރިކަމުގެ ގުޅުން ވަރަށް ބޮޑަށް ދައްކުވައިދޭ ފިލްމަކަށެވެ.
މިއީ 2016 ވަނަ އަހަރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމް "ދަންގަލް" އަށް ފަހު ނިތޭޝް ގެނެސްދޭ ފުރަތަމަ ފިލްމެވެ.
ފިލްމުގައި ސުޝާންތް އަދި ޝްރައްދާގެ އިތުރުން ދެން ފެނިގެންދާނީ ވަރުން ޝަރުމާ، ޕްރަތީކް ބައްބަރު، ތާހިރު ރާޖް ބާސިން، ނަވީން ޕޮލިޝެޓީ، ސަހާޝް ޝުކްލާ، ތުޝާރު ޕާންޑޭ އަދި ނަލްނީޝް ނީލް އެވެ.

މިމަހުގެ 30 ވަނަ ދުވަހު މި ފިލްމް އަޅުވަން ހަމަޖެހިފައި ވާއިރު ހަމަ އެދުވަހު ޝްރައްދާގެ އިތުރު ފިލްމެއްވެސް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބާހޫބަލީގެ ތަރި ޕްރަބާސާ އެކު ކުޅެފައިވާ ފިލްމް "ސާހޯ" އެވެ. އެހެން ކަމުން އެދުވަސް ވެގެންދާނި ޝްރައްދާގެ ދެ ފިލްމެއް ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާނެ ދުވަހަކަށެވެ.
ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން "ޗިޗޯރޭ" ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސާފައެވެ. ނަމަވެސް ފިލްމުގެ މިޓީމުން މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.