ވިޔަފާރި

ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް އަލިފުށީގައި ޤާއިމްކޮށްފި


ބެންކް އޮފް މޯލްޑިވްސްއިން ރ.އަލިފުށީގައި އޭޓީއެމް ސެންޓަރެއް ޤާއިމްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މިއީ އެބެންކުގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވި އޭޓީއެމްއެއްކަމަށެވެ. މިއޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެބޭންކުން ވިދާޅުވެއެވެ.

ބީއެމްއެލްއިން އަލިފުށީގައި ޤާއިމުކުރި މިޚިދުމަތާއެކު ރ.އަތޮޅުގައި މިހާރު ދެ ބްރާންޗް މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ދަނީ ދެމުންނެވެ. މީގެ އިތުރުން 2 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ދަނީ ބޭންކިންގ ޚިދުމަތް ދެމުންނެވެ. އަދި މިދިޔައަހަރު، ހުޅުދުއްފާރުގައި ބީއެމްއެލް ކޭޝް އޭޖެންޓް މެދުވެރިކޮށް ފައިސާ ޖަމާކުރުމުގެ ޚިދުމަތްވެސް ތަޢާރަފްކޮށްފައިވާކަމަށްވެސް އެބޭންކުން ވިދާޅުވެއެވެ. މިޚިދުމަތާއެކު ކްރެޑިޓްކާޑަށް ފައިސާ ދެއްކުމާއި، ލޯނަށް ފައިސާ ދެއްކުމުގެ އިތުރުން ދުވާލަކަށް ދިހަހާސް ރުފިޔާ ޖަމާކުރެވޭނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 46 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި 108 އޭޓީއެމްގެ ޙިދުމަތް ބީއެމްއެލްއިން އަންނަނީ ފޯރުކޮށްދެމުންނެވެ.