ޚަބަރު

މީހަކު ރަހީނުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި


މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މީހަކު ރަހީނުކޮށް ގެންގުޅެ، އެމީހާއަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެއީ 19 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އަދި އެމީހުން ހައްޔަރުކުރީ މާލެއިން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ނަމަވެސް ރަހީނުކުރެވުނު މީހާއާ ބެހޭ މައުލޫމާތެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި އެ މީހާ ރަހީނު ކުރީ ކޮން ދުވަހަކު ކަމެއްވެސް ފުލުހުން އަދި ހާމަ ކުރައްވާފައެއް ނުވެއެވެ.