ޚަބަރު

ރައްޔިތުންގެ މަޖިލީގެރައީސް ހދ.މަކުނުދުއަށް ވަޑައިގެންފި


ރައްޔިތުންގެ މަޖިލީގެރައީސް ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހދ.މަކުނުދުއަށް ވަޑައިގެންފިއެވެ.

ރައީސް މުޙައްމަދު ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މަކުނުދުއަށް ވަޑައިގަތުމުން އެރަށުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މަކުނުދުއަށް ވަޑައިގެން ރައީސް ނަޝީދުވަނީ އެރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައަދަލުކޮށް ރަށުގެޙާލަތު އޮޅުންފިލުއްވާފައެވެ.

އެގޮތުން މަކުނުދޫ ކައުންސިލްގެ އިދާރާއާއި މަކުނުދޫ ޕޮލިސް ސްޓޭޝަނާއި ސިއްޙީ މަރުކަޒާއި ފެނަކަ ކޯޕަރޭޝަނާއި ސްކޫލުގެ އިސްވެރިންނާ ރައީސް ނަޝީދުވަނީ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުންތަކުގައި މުވައްސަސާތަކަށް މިވަގުތުދިމާވެފައިވާ ދަތިތަކާއި ހުރިކަންބޮޑުވުންތައް ވަނީ އޮޅުންފިލުއްވާފައެވެ. ތިލަދުންމައްޗަށް ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެމަނިކުފަނުވަނީ އިއްޔެ ހއ.އިހަވަންދޫއަށް ވަޑައިގެންފައެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދުވަނީ ހއ.އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ބޭއްވި ގޯލްޑަންޖުބްލީ އިންވިޓޭޝަން ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗް ޝަރަފްވެރި ކޮށްދެއްވާފައެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ތިލަދުން މައްޗަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.