މުނިފޫހިފިލުވުން

"ސާހޯ" ކާމިޔާބު ފިލްމަކަށް ވާނެބާ؟


އެކްޝަން ތްރިލަރ ފިލްމް "ސާހޯ"ރިލީސް ކުރަން ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 30 ވަނަދުވަހުއެވެ.

އެހެންކަމުން މިހާރު މި ފިލްމުގެ އިންތިޒާރުގައި ތިބި ބެލުންތެރިން ކޮށްލަން މިޖެހެނީ ކުޑަ އިންތިޒާރެކެވެ. އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ތަފާތު ފަންނާނުން މި ފިލްމުގައި ޙަރާކާތްތެރިވާއިރު މި ފިލްމުގެ ލީޑް ރޯލް އިން ފެނިގެންދަނީ "ޝައްދާ ކަޕޫރް" ގެ އިތުރުން "ޕުރަބާސް" އެވެ. މިދެ ފަންނާނުންނަކީ މިހާރު ފިލްމީ ދުނިޔޭގައި ފިޔަޖަހަމުންދާ ދެ ތަރިންނެވެ.

އެގޮތުން "ޕުރަބާސް" ވަނީ "ބާހްބަލީއިން" އޭނާގެ ހުނަރުވެރިކަން ބެލުންތެރިންނަށް ދައްކާލާފައެވެ. ދެން އުފެދޭ ސުވާލަކީ މި ފިލްމުން "ޕުރަބާސް" ބެލުންތެރިން ބަލައިގަންނާނެބާއެވެ. މި ފިލްމުގެ ލަވައާ، ޓްރެއިލާރ ތައް ބެލުންތެރިންނަށް ދައްކާލާފައިވާއިރު ފިލްމުގެ ލީޑް ރޯލްއިންފެނިގެންދާ "ޝައްދާ ކަޕޫރް" އަދި "ޕުރަބާސް" ގެ ތަފާތު އެކްޓިން ފެނިގެންދެއެވެ.

މިފިލްމުން ލޯބީ ގެ ބައެއް މައްޒަރުތައް ފެނިގެންދާއިރު ދެން ފެނިގެން ދަނީ ހަގުރާމައިގެ އެކްޝަން ސީން ތަކެވެ. އެހެންކަމުން މި ދެ ފަންނާނުން ގުޅެނީ ކިހާވަރަކަށްތޯޢާ މި ފިލްމުގައި ވާނީ ކިހިނއެއްތޯ މީ ހަމަ އުފެދޭ ސުވާލެވެ. ސުޖީތު ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ބޮޑު ބަޖެޑަކުން ހަދަފާއިވާ ފިލްމެކެވެ. އަދި މިފިމްމުގެ ބޮޑު ބައެއް ޚަރަދު ކޮށްފައިވާނީ ވެސް އެކްޝަން ސީން ތައް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މިފިލްމު ވެގެންދާނީ އުންމީދީ ފިލްމަކަށެވެ.

ހިންދީ ބަހުގެ އިތުރުން އިތުރު ދެ ބަހަކުން މިފިލްމު ބެލުންތެރިންނާ ހިސާބަށް އަންނައިރު މި ފިލްމު ކާމިޔާބު ފިލްމަކަށް ވާނެ ކަމުގެ އުންމީދު ވަރަށްވެސް ބޮޑެވެ.