ޚަބަރު

ހުޅުމާލޭ ބީޗް ސަރަޙައްދުގައި ނުނަގާހުރި ކެފޭތައް ނަގައި އެ ސަރަޙައްދު ސާފުކޮށްފި


ހުޅުމާލޭ ބީޗް ސަރަޙައްދުގައި ނުނަގާ ހުރި ކެފޭތައް ނަގައި، އެ ސަރަަަހައްދު ހައުސިންގ ޑިވެލޮޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުސްކޮށްފިއެވެ.

އެޗްޑީސީން ބުނެފައިވަނީ މިދިޔަ ޖުލައި މަހު އެންގި އެންގުމާއި އެއްގޮތަށް، ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ހޭޅިފަށު ސަަރަޙައްދުގައި ހުރި ތަންތަން ގިނަބަޔަކު ނަގާފައިވާކަމަށެވެ. އަދި ނުގައި ހުރީ ހަޓު ގޮތަށް ހަދާފައި ހުރި ބައެއް ތަންތަން ކަމަށާއި އެ ތަންތަން އެޗްޑިސީގެ އެހީއާއެކު މިހާރު އެއްކޮށް ނަގައި އެ ސަރަހައްދު ސާފުކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީގެ ޚާއްސަ ހުއްދައަކާއި ނުލައި ހުޅުމާލޭ ހޭޅިފަށު ސަރަަޙައްދުގައި ކެފޭތަކާއި ރެސްޓޯރަންޓާއި، ގާޑިއަލާއި، އަދި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިތައް ކުރަމުން ގޮސްފައިވެއެވެ.

އެޗްޑީސީން އެތަންތަން ނެގުމަށް އަންގާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ހޮޅިތައް ގުޅާލުމުގެ މަސައްކަތް ކުރުމަށެވެ.