ކުޅިވަރު

ރިއަލްމެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ މަޤާމުން ވަކިކޮށްފި


ރިއަލްމެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ މަޤާމުން ވަކިކޮށްފިއެވެ.ހުސްއަތާ ސީޒަން ނިންމާލަން ޖެހުނުތާ ދެ ދުވަސް ތެރޭގައި ކޯޗު މަޤާމުން ވަކިކުރީ ކްލަބްގެ ޑިމާންޑްތައް ވަރަށް މަތިކަމަށް ބުނެއެވެ.ރިއަލްގައި ދެ ސީޒަން ހޭދަކުރި އަންޗެލޮޓީ ފުރަތަމަ ސީޒަންގައި ލަލީގާއާއި ޗެމްޕިއަންސްލީގް ހޯދައިދިން ނަމަވެސް މިސީޒަންގައި ލީގުގައި ލިބުނީ ބާސާގެ ފަހަތުން ދެވަނައެވެ. އަދި ޗެމްޕިއަންސްލީގު ސެމީފައިނަލްގައި ޔުވެންޓަސްގެ މައްޗަށް ކުރި ނުލިބި ކެޓިއިރު، ވާދަވެރި ބާސާ ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.ރިއަލްމެޑްރިޑްގެ ރައީސް ފްލޮރެންޓީނާ ޕެރޭޒް ވިދާޅުވީ މިއީ އުނދަގޫ ނިންމުމެއްކަމަށާއި، އެންލެޗޮޓީގެ ފަރާތުން ގޯސްކޮށް ދިޔައީ ކޮންކަންތައްތަކެއް ކަމެއް ނޭނގޭކަމަށެވެ. ނަމަވެސް ކްލަބްގެ ޑިމާންޑްތައް ވަރަށް މަތިކަމަށް ޕެރޭޒް ވިދާޅުވިއެވެ.ކްލަބްގެ ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާ ކޯޗު ހަމަޖައްސާނެކަމަށެވެ.ރިޕޯރޓްތައް ބުނާގޮތުން ރިއަލްގެ ކޯޗުގެ މަޤާމަށް އައުމުގެ ފުރުޞަތު އެންމެ ބޮޑީ ނަޕޯލީގެ ކޯޗު ރަފާ ބެނިޓޭޒްއެވެ.އެންޗެލޮޓީ ކުރިން ބުނެފައިވަނީ ރިއަލްގެ ކޯޗުގެ މަޤާމް ގެއްލިއްޖެ ނަމަ ކުރިއަށް އޮތް ސީޒަންގައި ކްލަބަކާއި ހަވާލުނުވާނެކަމަށެވެ.