މުނިފޫހިފިލުވުން

ވާހަކަ: ދެވަނަ ހިޔަނި


ޖުލައި 24 ބުދަ ދުވަހާއި ގުޅޭ

ފާއިތުވީ އަހަރެއްހާ ދުވަހު ބަޠޫލް ހިތާމަތަކާއެކު ދިރިއުޅެން ދަސްކޮށްފިއެވެ. ވަގުތަކީ ފަރުވާ އެއްކަމަށް ބުނެއުޅެއެއްނޫން ހެއްޔެވެ. ބޭރުފުށުން ފެންނަފެނުމަށް ބަޠޫލް އުފާވެރި ނަމަވެސް ހިތުގަވާ ހަދާންތަކާ ޒަޚްމް ތައްވަނީ އަދިވެސް ތާޒާކޮށެވެ. އެޒަޚަމް ތަކުން ލޭއޮހޮރި ގަންނާނީ ކޮންވަގުތަކު ކަމެއް ޚުދުބަޠޫލް އަކަށްވެސް ނޭގެއެވެ.

ކައިލްގެ ހަދާންތަކާއެކު ދިރިއުޅެން ބަޠޫލް ދަސްކޮށްފިއެވެ. ފަލާޙުގެ އަނތްބެއްގެ ގޮތުގަ ހުއްޓާ ކައިލް އޭނަޔާ ބައްދަލު ނުކުރާނެކަމަށް ވީ ވައުދު ބަޠޫލްގެ ހަދާނުން އެންމެހިނދު ކޮޅަކަށްވެސް ނުފިލައެވެ. ބަޠޫލް ގަސްތު ކުރީ އެއަނިޔާ އާއި ވޭންދެނިވި ދިރިއުޅުމުން މުޅިން މިނިވަންވުމަށެވެ. ކައިލް ގެ މީހަކަށް ވުމަށެވެ. ޖިންނިއަކަށް ވިޔަސް ކައިލް ކިހާރަގަޅުހެއްޔެވެ. ވަޢުދުގެ މަތީގަ ދެމިއެބަހުއްޓެއް ނޫންހެއްޔެވެ. ވައުދާ އަހްދު އުވާލުމުގަ އިންސާނުން އުޅެނީ އެންމެ ކުރީސަފުގަ އެވެ. ވީއިރު އިންސާނުން ގެ ރަގަޅު ސިފައަކީ ކޮބައި ކަމެއް ވިސްނާ ވިސްނާ ބަޠުލް އަކަށް ނޭގުނެވެ.

ބޮލަށް ގެނައި ކުއްލި ޙަރަކާތަކާ އެކު ޚިޔާލުތަކުން ބަތޫލް ދުރުވެލިއެވެ. ގޮނޑު ދޮށަށް ބީއްސަމުންދާ ރާޅުތަކަށް ހިތާމަވެރި ނަޒަރަކުން ބަލާލުމަށް ފަހު ބަޠޫލް ހިގައިގަތީ ކައިލް ގެ ހަދާންތަކާ ގުޅިފަވާ ހިތައް ދިރުން ގެނެސްދޭ ހުދުފިނިފެންމަލުގެ މީރުވަހުގެ ހިޔަނީ ގަ ދިރިއުޅުމުގެ މިޞްރާބް ތަންކޮޅެއް ހަރުދަނާކޮށްލުމުގެ ޢަޒުމުގައެވެ. އެމީރު ވަހާއެކު އަބަދުވެސް ކައިލް އޭނަޔާ އެކުގައިވާކަމުގެ އިޙްސާސް ބަތޫލްއަށް ކުރެވެއެވެ. އޭނަގެ ފުރާނަޔާ ގުޅިފަވާ ހުދުފިނިފެންމަލުގެ މީރުވަސް ހިތްދަތި ވެގެން އެކަނިވާ ކޮންމެފަހަރަކު އޭންގެ ހިތަށް ޝިފާ އެއްކަމުގައި ފުދެއެވެ. އަދި އެމީރުވަހަކީ ބަޠޫލްގެ ދިރިހުރުމާ ގުޅިފަވާ ދެވަނަ ހިޔަނި ކަމުގައި ހިތާފުރާނައިން ޤަބޫލް ކުރަމުން ކަނޑުގެ ބިޔަރާޅުތަކަށް ވަދާޢީ ނަޒަރަކުން ބަލާލުމަށް ފަހު ކުރިޔަށް ހިގައިގަތީ ޙަޔާތުގެ "ދެވަނަހިޔަނީ"ގެ އެހީގަ އަލުން އާޙަޔާތެއް ފެށުމުގެ އަޒުމާ އުއްމީދުގައެވެ.

ނިމުނީ....

ނޯޓް : ސާމިޔާ އަޙްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.