ކުޅިވަރު

ފަހު މެޗުންވެސް ބަލިވެ ބާސްކެޓް ޓީމް ގޭމްސް ނިންމާލައިފި


ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމުން ކުޅުނު ތިން މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގައި އިއްޔެ ރާއްޖެ ވާަދަކުރީ ސީޝެލްސްއާ އެވެ. މިއީ މިހާތަނަށް މި ގޭމްސްގައި ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗެވެ. ފުރަތަމަ ދެ ކުއާޓަރގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ތިންވަނަ ކުއާޓާރއިން ފެށިގެން ސީޝެލްސްއިންވަނީ މެޗުގެ ތަފާތު ބޮޑުކޮށްފައެވެ. މި މެޗު ސީޝެލްސްއިން ކާމިޔާބުކުރީ 90 ޕޮއިންޓް 55 ޕޮއިންޓުންނެވެ.

ރާއްޖޭއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނިކުތީ ރިޔޫނިއަންއާއި ދެކޮޅަށެވެ. އެ މެޗުން ބަލިވީ 106 ޕޮއިންޓް 42 ޕޮއިންޓުންނެވެ. ދެވަނަ މެޗުގައި ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މަޑަގަސްކަރ އަތުން ބަލިވީ 93 ޕޮއިންޓް 23 ޕޮއިންޓުންނެވެ.

މުބާރާތުގެ މެޗުތަކަށްފަހު ކޯޗު ބުނީ މިއީ ދިވެހި ޓީމް ސާބާއަށް ހޯދި ރަނގަޅު ތަޖުރިބާއެއްކަމަށާއި، މި މެޗުތަކުގެ ސަބަބުން ރަނގަޅު ފައިދާއެއް ޓީމަށް ކުރާނެކަމަށެވެ.