ޚަބަރު

ކަސްޓަމްސް ގެ އަހަރީ ދުވަހާގުޅުވައިގެން ބަނދަރުމަތި ސާފުކޮށްފި


ކަސްޓަމްސްގެ 125
ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މާލޭގެ ބާޒާރުމަތި ސާފުކުރުމުގެ
ޕްރޮގްރާމެއް މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ.



މި ޕްރޮގްރާމްގައި، ކަސްޓަމްސް އިމާރާތުން ފެށިގެން މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީއާއި ހިސާބަށް ސާފުކޮށްފައިވެއެވެ. މީގެ އިތުރުން ދަތުރުވެރިންގެ
މާރުކޭޓާއި ލޯކަލް މާރުކޭޓް ސަރަހައްދު ވެސް ވަނީ ސާފުކޮށްފައެވެ. ސާފުކުރުމުގައި
ސަތޭކަ ހަތްދިހަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން
ބުނެއެވެ.



މި  ހަރަކާތުގެ މައިގަނޑު މަގުސަދަކީ،
މާލެ ސާފުކޮށް ބޭއްވުމަށް ސަރުކާރުން ފަށާފައިވާ ނަލަ މާލެ ކެމްޕޭނަށް  އެއްބާރުލުން ދިނުން ކަމަށް ކަސްޓަމްސްއިން
ބުނެއެވެ. މީގެ އިތުރުން އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން



އަންނަ ހުކުރު ދުވަހު ކަސްޓަމްސް ބިލްޑިންގްގައި "ފެމެލީ ޑޭ" ގެ ނަމުގައި
ދުވަހެއް ފާހަގަކުރުމަށް ރާވާފައިވާ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.