ވޮލީ އަންހެން ޓީމަކީ މިނިސްޓްރީގެ ސަޕޯޓު އެންމެ ރަނގަޅަށް ނުދެވި އޮތް ޓީމެއްނަމަވެސް އަންހެން ވޮލީ ކުޅުންތެރިން ދެއްކި ކުޅުން ފެނިފައި ހައިރާން ވެއްޖެ ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންމެ ކޮމިއުނިޓީ އެންމްޕަވާމަންޓް އަހުމަދު މަޙްލޫފް ވިދާޅުވެއްޖެވެ.
މިނިސްޓަރ މިޙްލޫފް މިހެން ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމް އެންމެ ފަހުގެ ޗެމްޕިއަނުން ރިޔޫނިއަން އަތުން ބަލިވި މެޗަށްފަހުއެވެ.
މިނިސްޓަރ ވިދާޅުވީ އަންހެން ވޮލީ ޓީމުން ދެއްކީ ހީވެސް ނުކުރާހާ މޮޅު ކުޅުމެއް ކަމަށާއި ވޮލީ ޓީމުން ވަރަށް މޮޅަށް ކުޅުނު ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގެ ކުރިން މިނިސްޓްރީން ރަނގަޅު ސަޕޯޓެއް ޓީމަށް ނުދެވުމުން ދެރަވާކަމަށެވެ.
އެހެންނަކަވެސް ކުރިއަށް އޮތްތަނުގައި އެކަން ރަނގަޅުކޮށް އަންހެން ވޮލީ ޓީމަށްވެސް އިތުރު ފުރުސަތުތައް ހޯދައިދުނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.