ކުޅިވަރު

މިފަހަރު ސާއިދަށް ގޯލްޑް މެޑަލްއެއް ނުލިބުނު


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެތްލީޓް ހަސަން ސާއިދަށް ގޯލްޑް މެޑަލް ނުލިބި ހަތަރު ވަނައަށް ހިނގައްޖެ އެވެ.

ފައިނަލްގައި ދުވެ ހަތަރުވަނަ ސާއިދަށް ލިބުނުއިރު، އޭނާ ރޭސް ނިންމާފައިވަނީ 10.78 ސިކުންތުންނެވެ. 100 މީޓަރު ދުވުމުގެ އެއްވަނަ ހޯދީ މޮރިޝަސްގެ ޖޮނަތަންއެވެ. އޭނާ ރޭސް ނިންމީ 10.64 ސިކުންތުނެވެ.

ސާއިދަކީ 2015ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖެއިން ހޯދި ހަމައެކަނި ރަން މެޑަލް ރާއްޖެއަށް ހޯދައިދިން އެތްލީޓެވެ. އެފަހަރު 100 މީޓަރ ދުވުމުން ސާއިދު ރަން މެޑަލް ހޯދިއިރު، 200 މީޓަރު ދުވުމުން އޭނާ ރިހި މެޑަލް ހޯދިއެވެ.

ސާއިދު ފައިނަލުން ޖާގަ ހޯދީ މިއަދު ހެނދުނު ކުރިއަށްދިޔަ 100 މީޓަރު ދުވުމުގެ ޕްރިމިލިނަރީ ހީޓުގައި ވާދަކޮށް އެ ރޭހުން ދެވަނަ ހޯދައިގެންނެވެ.

ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ލޯފަން ދުވުންތެރިޔާ މުހައްމަދު މާޒިން މިއަދު ލޯ މެޑެއްޔެއް ހޯދައިފި އެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖޭން މިހާތަނަށް ވަނީ ދެ ކުޅިވަރަކުން މެޑަލް ހޯދާފަ އެވެ. ޓީޓީ އިން ރަން މެޑަލް ހޯދިއިރު އިއްޔެ ފިރިހެން ގައުމީ ޓީމު ވަނީ ބެޑްމިންޓަންގެ ޓީމް އިވެންޓުން ލޯ މެޑަލް ހޯދާފަ އެވެ.