ޚަބަރު

ޙަރަމައިން ގުރޫޕުން އިތުރަށް ފައިސާ ނަގާފައިވާނަމަ ފުލުހުންނަށް އެމަޢުލޫމާތުދެއްވާ - ފުލުހުން


އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ޢަދަދަށްވުރެ އިތުރަށް ޙައްޖަށް ގެންދިޔުމަށް ޙަރަމައިން ގުރޫޕުން އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެކަން އެންގުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޙަރަމައިން ގުރޫޕުން ޙައްޖަށް ގެންދިޔުމަށް މީހުންގެ އަތުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ޢަދަދަށްވުރެ އިތުރަށް ފައިސާ ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަޙުގީގުކުރަމުން އަންނަކަމަށެވެ. ފުލުހުންވަނީ މިމައްސަލައިގައި ޙަރަމައިން ޖަމާޢަތުގެ އިސްފަރާތްތައް ފުލުހަށް ޙާޒިރުކޮށް ބަޔާންވެސް ނަގާފައެވެ.

ޙައްޖަށް މީހުން ގެންދިޔުމަށް ޙަރަމައިން ގުރޫޕުން ކަނޑައަޅާފައިވާ އަގަކީ 69،965 ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސްރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ހަރަމައިން ޤުރޫޕުން މީހުންގެ އަތުން ފައިސާ ނަގާފައިވާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެކަން ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީންނެވެ.